Advertisement

އިޒާންގެ މޮޅު ކުޅުމާ އެކު ސަސް އިން ބުރު ބަލިކޮށްފި

10 ޖޫން 2024 - 07:07 0

އަތޫފް އާތިފް

އަތޫފް އާތިފް

ސަސް އާއި ބުރު ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އިމޭޖަސް


އިޒާންގެ މޮޅު ކުޅުމާ އެކު ސަސް އިން ބުރު ބަލިކޮށްފި

10 ޖޫން 2024 - 07:07 0

އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ މުހައްމަދު އިޒާން އަލީގެ މޮޅު ކުޅުމާ އެކު އެ ޓީމުން، 6-2 އިން ބުރު ސްޕޯޓްސް ކުލަބްގެ މައްޗަށް ކުރިހޯދައިފި އެވެ.

މި މެޗުގެ ވަރަށް ކުރީކޮޅު ސަސް އިން ވަނީ ގޯލު ޖަހާ ލީޑު ނަގައިފަ އެވެ. މެޗުގެ 10 ވަނަ މިނެޓުގައި ސަސްގެ މުހައްމަދު ނާމީ ނަޒިފް ނަގާދިން ކޯނަރު ދިފާއު ކުރަން އުޅުމުގެ ތެރޭގައި ބުރުގެ ކީޕަރު އަލީ އަޝްހަމް އާތިފް އަތުން މި ގޯލު ވަނީ ބައިކޮޅަށެވެ.

އޭގެ ހަ މިނެޓު ފަހުން ސަސް އިން ވަނީ އިތުރު ގޯލެއް ޖަހާ އެ ޓީމުގެ ލީޑު ފުޅާކޮށްފަ އެވެ. އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން ނާމީ ނަގާދިިން ހުރަހަކުން ބޮލުން ޖަހާ މި ގޯލު ސަސް އަށް ކާމިޔާބު ކޮށްދިނީ އަހުމަދު ނަވާފް ފައުޒީ އެވެ. އަދި މެޗުގެ 33 ވަނަ މިނެޓުގައި ސަސް އިން ވަނީ އިތުރު ގޯލެއް ޖަހައިފަ އެވެ. އޭރިއާ ތެރެއިން ލިބުނު ހުސް ފުރުސަތެއްގައި މި ގޯލު ސަސް އަށް ކާމިޔާބު ކޮށްދިނީ މުހައްމަދު ހޫދު އަހުމަދެވެ.

ސަސް އާއި ބުރު ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އިމޭޖަސް


ފުރަތަމަ ހާފު ނިމުމުގެ ކުރިން ބުރުން ވަނީ ކައިރި ކައިރީގައި ދެ ގޯލު ޖަހާ ފަރަގު ކުޑަކޮށްފަ އެވެ. މި ދެ ގޯލު ވެސް ބުރަށް ކާމިޔާބު ކޮށްދިނީ މުހައްމަދު ނިހާން އެވެ.

ދެ ވަނަ ހާފުގައި ބުރު ޓީމުގެ ފަރާތުން ވަރުބަލިކަން ފެނުނުއިރު, އޭގެ ފައިދާ ނަގާ ސަސް އިން ވަނީ ތިން ގޯލު ޖަހައިފަ އެވެ. މެޗުގެ 47 ވަނަ މިނެޓުގައި ސަސްގެ ލީޑު ފުޅާކޮށްދިނީ މުހައްމަދު އައިމަން އަލީ އެވެ. އަދި ސަސްގެ ފަހު ދެ ގޯލު ކާމިޔާބުކުރީ އިޒާން އެވެ.

ޔޫތު ޗެމްޕިއަންޝިޕްގައި މިއަދު ދެ މެޗު ކުޅޭނެ އެވެ.

މިއަދު ހަވީރު 16:00 ގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުން ނުކުންނާނީ ކުލަބް ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ. އަދި މިރޭ 21:00 ގައި އެންމެ ފަހުގެ ޗެމްޕިއަން ކުލަބް އީގަލްސް އިން ނުކުންނާނީ ޔުނައިޓެޑް ވިކްޓްރީ އާ ދެކޮޅަށެވެ.