Advertisement

އަލްކަރާޒް ފުރަތަމަ ފަހަރަށް ފްރެންޗް އޯޕަން ކާމިޔާބުކޮށްފި

9 ޖޫން 2024 - 23:30 0


އަލްކަރާޒް ފުރަތަމަ ފަހަރަށް ފްރެންޗް އޯޕަން ކާމިޔާބުކޮށްފި

9 ޖޫން 2024 - 23:30 0

ޕެރިސް (ޖޫން 9) - ފަސް ސެޓަށް ދިޔަ ފްރެންޗް އޯޕަންގެ ފައިނަލްގައި މިރޭ ޖަރުމަންގެ އަލެކްސަންޑަ ޒްވެރޭވް އަތުން މޮޅުވެ، ސްޕެއިންގެ ކާލޮސް އަލްކަރާޒް ފުރަތަމަ ފަހަރަށް ފްރެންޗް އޯޕަންގެ ތަށި އުފުލާލައިފި އެވެ.

ހަތަރު ގަޑިއިރަށް ދިގު ދެމިގެންދިޔަ ފައިނަލް މެޗު ތިން ވަނަ ސީޑް އަލްކަރާޒް ކާމިޔާބުކުރީ 6-3، 2-6، 5-7، 6-1 އަދި 6-2 އިންނެވެ.

އަލްކަރާޒް ،21، ވަނީ މީގެ ކުރިން ޔޫއެސް އޯޕަން އަދި ވިމްބަލްޑަން ކާމިޔާބުކޮށްފަ އެވެ. އަލްކަަރާޒް އަކީ ޓެނިހުގެ ތަފާތު ތިން ސާފަސްގައި ތިން ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކުރި އެންމެ ޒުވާން ކުޅުންތެރިޔާ އެވެ.

މެޗަށް ފަހު އަލްކަރާޒް ބުނީ ފްރެންޗް އޯޕަން ކާމިޔާބު ކުރުމަކީ އޭނާ ކުޑައިރުންސުރެ ދެކެމުންދިޔަ ހުފަފެނެއް ހަގީގަތަކަށްވުން ކަމަށެވެ.

"އަހަރެން ކުޑައިރު މި މުބާރާތް ޓީވީން ބަލަން. މިއަދު އަހަރެން މި މުބާރާތުގެ ތަށި އުފުލާލީ،" އަލްކަރާޒް ބުންޏެވެ.

މި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކުރީ އަލްކަރާޒްގެ އައިޑަލް، ސްޕެއިނުގެ ރަފައެލް ނަޑާލް އެވެ. ނަޑާލް ވަނީ 14 ފަހަރު ފްރެންޗް އޯޕަން ކާމިޔާބުކޮށްފަ އެެވެ. މި ފަހަރުގެ ފްރެންޗް އޯޕަން އިން ނަޑާލް ކެޓީ ފުރަތަމަ ބުރުންނެވެ.

މި މެޗުން ބަލިވިޔަސް، ހަތަރު ވަނަ ސީޑް ޒިވެރޭވް ވަނީ ރަނގަޅު ވާދައެއްކޮށްފައެވެ. އެކަމަކު ގްރޭންޑް ސްލޭމް މުބާރާތެއް ކާމިޔާބުކުރުމަށް އޭނާ ކުރަމުންދާ އިންތިޒާރު ވަނީ ދިގުވެފައެވެ. މިއީ، ޒްވެރޭވް ،27، ގްރޭންޑް ސްލޭމް މުބާރާތެއްގެ ފައިނަލްގައި ބަލިވި ދެ ވަނަ ފަހަރެވެ.