18 ފެބުރުވަރީ 2026 - 22:08 0
18 ފެބުރުވަރީ 2026 - 22:08 0
ދޯހާ، ގަތަރު (ފެބްރުއަރީ 18) - މިދިޔަ މަހު އޮސްޓްރޭލިއަން އޯޕަން ކާމިޔާބު ކުރުމަށް ފަހު، ސްޕެއިނުގެ ތަރި، ކާލޯސް އަލްކަރާޒް ކުޅުނު ފުރަތަމަ މެޗުގައި ގަތަރު އޯޕަންގެ ފުރަތަމަ މެޗުގައި އުނދަގޫ މޮޅެއް ހޯދައިފި އެވެ.
ފުރަތަމަ ފަހަރަށް އޮސްޓްރޭލިއަން އޯޕަން ޗެމްޕިއަންކަން ހޯދުމަށް ފަހު، އަލްކަރާޒް، 22، ވަނީ ކެރިއާ ސްލޭމް ފުރިހަމަކުރި، (ހަތަރު ގްރޭންޑް ސްލޭމް ޓެނިސްް މުބާރާތް ކާމިޔާބުކުރި) އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑް ހަދައިފަ އެވެ. އޭގެ ފަހުން، އަލްކަރާޒް ކުޅުނު ފުރަތަމަ މެޗަކީ، ގަތަރު އޯޕަންގެ ފުރަތަމަ ބުރުގައި، ފްރާންސްގެ އާތޫރު ރިންޑާކްނެކާ ބައްދަލުކުރި މެޗެވެ.
ރިންޑާކްނެކްއާ ދެކޮޅަށް ކުޅުނު މެޗުން އަލްކަރާޒް ފަސޭހައިން މޮޅުވާނެ ކަމަށް ބެލެވުނު ނަމަވެސް އެ މެޗުން އަލްކަރާޒަށް މޮޅެއް ހޯދުނީ، އުނދަގޫ ކުޅުމަކަށް ފަހު، 6-4 7-6 (7-5) ސެޓުތައް ގެންގޮސްގެންނެވެ.
މެޗަށް ފަހު، އަލްކަރާޒް ބުނެފައިވަނީ، މިއީ އުނދަގޫ ކުޅުމަކަށް ފަހު މޮޅެއް ހޯދުނު މެޗެއް ކަމަށެވެ.
"އަތޫރަކީ (ރިންޑާކްނެކް އަކީ) ހަގީގަތުގައި ވެސް ގޮތް ނޭނގޭ ނުރައްކާ ޓީމެއް. އަހަންނަށް ޔަގީން އެއްވެސް މީހަކު ބޭނުމެއްނުވާނެ އޭނަ ފަދަ ކުޅުންތެރިއަކާ ދެކޮޅަށް ފުރަތަމަ މެޗުގައި ކުޅެން. އަހަރެން ވަރަށް އުފާވޭ. މި ވަރުގެ މެޗެެއް ފުރަތަމަ ބުރުގައި ކުޅެގެން މޮޅުވީމަ،" އަލްކަރާޒް ބުންޏެވެ.
ދުނިޔޭގެ ރޭންކިން 30 ވަނައިގައި އޮތް ރިންޑާކްނެކް އަކީ ޓެނިހުގައި ކުރިއަށްދެވޭނެ މޮޅު ކުޅުންތެރިއެއް ކަމަށް އަލްކަރާޒް ވަނީ ބުނެފަ އެވެ. މި މެޗުން މޮޅުވެ، އަލްކަރާޒް ވަނީ މި ސީޒަން ފެށިގެން ދަމަހައްޓަމުން އަންނަ މޮޅުވުމުގެ ސިލްސިލާ އަށް މެޗަށް ދަންމާލައިފަ އެވެ.
Comment