Advertisement

އީގަލްސްގެ އެކަޑަމީ ކުޅުންތެރިން ތަމްރީނުކުރުން އެސްޕަޔާ އަށް

7 ޖޫން 2024 - 10:04 0

އަތޫފް އާތިފް

އަތޫފް އާތިފް

އީގަލްސް އާއި އެސްޕަޔާ އެެކެޑަމީ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު.--- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


އީގަލްސްގެ އެކަޑަމީ ކުޅުންތެރިން ތަމްރީނުކުރުން އެސްޕަޔާ އަށް

7 ޖޫން 2024 - 10:04 0

ކުލަބް އީގަލްސް އެކަޑަމީގެ ތަމްރީނުތައް އެސްޕަޔާ އެކަޑަމީއާ ގުޅިގެން ކުރިއަށް ގެންދިޔުމަށް ނިންމައި އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި ކުރިއަށްދިޔަ ރަސްމިއްޔާތުގައި ކުލަބް އީގަލްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުލަބްގެ ޗެއާމަން ފާތިމަތު ސުއާދު އެވެ. އަދި އެސްޕަޔާ އެކަޑަމީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ އެކަޑަމީގެ ރައީސް ހަސަން އަދުހަމް (ސަޑޭ) އެވެ.

މި ރަސްމިއްޔާތުގައި އެސްޕަޔާ އެކަޑަމީ އިން ވަނީ އެ އެކަޑަމީގެ މީޑިއާ ޕާޓްނަރަކަށް "އަދަދު" ހަމަޖައްސައި އަދަދު އާއެކު ވެސް އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

މީގެ އިތުރުން އެސްޕަޔާ އެކަޑަމީ އިން ވަނީ އެ އެކަޑަމީގެ ޓެކްނިކަލް ޑިރެކްޓަރަކަށް ތަޖުރިބާކާރު ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ހަމަޖައްސައިފަ އެވެ.

އީގަލްސް އިން އިއްޔެ ބޭއްވި އިވެންޓްގެ ތެރެއިން.--- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު


މި ހަފުލާގައި އެސްޕަޔާ އިން ވަނީ އެ އެކަޑަމީގެ ކޯޗުންނާ އެކު ވެސް އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އެ އެކަޑަމީގެ ކޯޗުންގެ ގޮތުގައި ހަމަޖެއްސީ ޓީސީ ސްޕޯޓްސް ކުލަބްގެ ކުރީގެ ކުޅުންތެރިޔާ އަހުމަދު ފައްރާހު (ފައްރަ), ވިކްޓަރީއާ އެކު ދެވަނަ ޑިވިޝަން ކާމިޔާބުކުރި ކޯޗު ސޮބާހް މުހައްމަދު (ސޮބާ), ތަޖުރިބާކާރު ފުޓްސަލް ކޯޗު އަހުމަދު ނިޔާޒް (ނިޔާ), އަންހެން ގައުމީ ޓީމު ކުޅުންތެރިޔާ އަދި ސީ ލައިސަންސް ކޯޗު ހައްވާ ހަނީފާ އަދި ޝިޔާނާ އަހުމަދު ޒުހައިރު އެވެ.

"އަދަދު" އާ ވާހަކަ ދައްކަމުން ފައްރަ ބުނީ, މިއީ އެސްޕަޔާ އެކަޑަމީ އަށް ލިބުނު ކުރިއެރުމެއް ކަމަށާއި, ހާއްސަކޮށް މި ފަހުގެ ތާރީހައް ބަލާއިރު އެންމެ ގިނަ ޒުވާން ކުޅުންތެރިން ނެރެދިން އެކަޑަމީއާ އެކު, އިތުރު ކުޅުންތެރިން ނެރެދިނުން އެއީ އަމާޒެއް ކަމަށެވެ.

އަދި އުންމީދަކީ އެސްޕަޔާ އަދި އީގަލްސްގެ އެއްބަސްވުމުގެ ދަށުން, ކުރިއަށް އޮތް ތަނުގައި ގައުމީ ޓީމުގައި އެ އެކަޑަމީގެ ކުޅުންތެރިން ތިބުން ކަމަށް ފައްރަ ވަނީ ބުނެފަ އެވެ.

އީގަލްސްގެ ވައިސް ޗެއާމަން، މުފާވިޒް ހާޝިމް (މުފާ) ވިދާޅުވީ، އީގަލްސް އިން އެންމެ އިސްކަމެއް ދެނީ ޒުވާން ކުޅުންތެރިން ނެރެދިނުމަށް ކަމަށާއި, މި އެއްބަސްވުމުގެ ދަށުން އެކަން އިތުރަށް ފުޅާވެގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.