Advertisement

ލަ ލީގާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ބެލިންހަމް އަށް

30 މޭ 2024 - 15:15 0


ލަ ލީގާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ބެލިންހަމް އަށް

30 މޭ 2024 - 15:15 0

މެޑްރިޑް (މެއި 30) - މި ސީޒަންގެ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ރެއާލް މެޑްރިޑަށް ކުޅެމުންދާ އިންގްލެންޑްގެ މިޑްފީލްޑަރު ޖޫޑް ބެލިންހަމް އަށް ލިބިއްޖެ އެވެ.

ބެލިންހަމް ،20، ރެއާލްގައި ހޭދަކުރި ފުރަތަމަ ސީޒަންގައި ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދިއިރު، އޭނާ ވަނީ ލީގުގައި 19 ލަނޑު ޖަހައިފަ އެވެ.

ރެއާލް އަށް ލީގު ޗެމްޕިއަންކަން ހޯދައިދިނުމަށް އޭނާ މުހިންމު ރޯލެއް އަދާކުރިއެވެ.

"ޓީމުގެ ކުޅުންތެރިންނާއި ކޯޗިން ސްޓާފުން އަދި ވަކިން ހާއްސަކޮށް ސަޕޯޓަރުންނަށް މި އެވޯޑް މި ހާއްސަކުރަނީ،" ބެލިންހަމް ބުންޏެވެ.

ކްލަބުތަކުގެ ކެޕްޓަނުންނާއި ސަޕޯޓަރުން އަދި ތަޖުރިބާކާރުންގެ ވޯޓަކުން ބެލިންހަމް އަށް މި މަގާމު ލިބުނުއިރު، އޭނާއާ ވާދަކުރީ ރެއާލްގެ ފޯވަޑް ވިނީޝިއުސް ޖޫނިއާ އާއި އެތުލެޓިކޯ މެޑްރިޑްގެ އޮންޓޮއިން ގްރީޒްމަން އާއި ބާސެލޯނާގެ ރޮބަޓް ލެވަންޑޯސްކީ އަދި ޖިރޯނާގެ ފޯވަޑް އާޓެމް ޑޮވްބީކް އެވެ.

ޖަރުމަން ބުންޑަސްލީގާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ބެލިންހަމް ވަނީ 2022/2023 ވަނަ އަހަރުގެ ސީޒަންގައި ހޯދައިފަ އެވެ. އެ ސީޒަނަށް ފަހު ޑޯޓްމަންޑް ދޫކޮށް ރެއާލަށް އޭނާ ބަދަލުވީ 103 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއެއްގަ އެވެ.