Advertisement

ބާސެލޯނާ އަށް ދެން އަންނަ ކޯޗަކު ވެސް އުޅޭނީ ހާލުގައި: ޒަވީ

28 މޭ 2024 - 12:12 0


ބާސެލޯނާ އަށް ދެން އަންނަ ކޯޗަކު ވެސް އުޅޭނީ ހާލުގައި: ޒަވީ

28 މޭ 2024 - 12:12 0

ބާސެލޯނާ (މެއި 28) - ބާސެލޯނާއާ ދެން ހަވާލުވާ ކޯޗެއް ވެސް އުޅޭނީ ހާލުގައި ކަމަށް އެ ޓީމުން ދާދި ފަހުން މައްސަަލަ ބޮޑު ގޮތަކަށް ވަކިކުރި ކޯޗު ޒަވީ ހެނާންޑޭޒް ބުނެފި އެވެ.

މިދިޔަ ޖެނުއަރީ މަހު ޒަވީ، ވަނީ މި ސީޒަން ނިމުމުން ބާސެލޯނާގެ ކޯޗުކަން ދޫކޮށްލާނެކަން އިއުލާނުކޮށްފަ އެވެ. އެކަމަކު، ތަކުރާރުކޮށް ބާސެލޯނާ އިން ކުރިއަށްގެންދިޔަ މަޝްވަރާތަކަށް ފަހު، ޒަވީ އެ ނިންމުން ބަދަލުކުރި އެވެ. މީގެ މަހެއްހާ ދުވަސްކުރިން ޒަވީ، އިއުލާނުކުރީ އިތުރު އެއް އަހަރު ބާސެލޯނާގައި މަޑުކުރަން އެއްބަސްވެވިފައިވާ ކަމަށެވެ. އެހެން ނަމަވެސް، އެންމެ ފަހުން ބާސެލޯނާ އިން ކުޅުނު މެޗަށް ފަހު، ޒަވީ، ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކި ވާހަކަތަކެއްގެ ސަބަބުން އޭނާ ވަކިކުރަން ބާސެލޯނާގެ ބޯޑު މެމްބަރުން ވަނީ ހުށަހަޅައިފަ އެވެ. އެއާ އެކު، ބާސެލޯނާ އިން ޒަވީ މަގާމުން ވަކިކުރި އެވެ.

"ދެން އަންނަ އާ މެނޭޖަރެއް (ކޯޗެއް) ގާތުގައި އަހަރެން ބުނަން އޮތީ، ހާލުގައޭ އުޅެން ޖެހޭނީ،. މިއީ ވަރަށް ގޮތްނޭނގޭ ގޮތްގޮތަށް ކަންތައްތައް ވާ ތަނެކޭ. މިއީ ވަރަށް އުނދަގޫ ވަޒީފާ އެކޭ ކެތްތެރިކަމާ އެކު އަދާކުރަން،" ޒަވީ ބުންޏެވެ.

ބާސެލޯނާގެ ކޯޗަކަށް ދެން ހަމަޖައްސާނެ ކަމަށް ބެލެވެނީ ޖަރުމަނުގެ ކުރީގެ ކޯޗު، ހަންސީ ފްލިކް އެވެ.

ޒަވީ ބުނީ ބާސެލޯނާއާ އެކު އޭނާ ހޭދަކުރި ދެ އަހަރާއި ބައިގެ ތެރޭގައި، ގިނަ ފަހަރުތަކެއްގެ މަތިން އޭނާ އަކީ މައްސަލައެއްގެ ގޮތުގައި ދައްކަން ގިނަ ކަންކަން ކޮށްފައިވާ ކަމަށެވެ. ބާސެލޯނާ އަށް އޭނާ ކޮށްދިން ހިދުމަތްތައް ބަލައިނުގަންނަން ކަމަށާއި މަގާމުން ވަކިކުރަން ނިންމިކަން އެންގީ ވެސް އެ އަށް ހިތްހަމަނުޖެހުނަސް ކުރެވޭނެ ކަމެއް ނެތި އެއްބަސްވާން ޖެހޭ ގޮތަށް ކަމަށެވެ.

ދެން، ޓީމަކަށް ކޯޗުކޮށްދޭން ހަވާލުވާނީ އެކަށީގެންވާ ވަގުތުތަކެއް އަރާމްކުރަން ނެގުމަށް ފަހު ކަމަށް ޒަވީ ވަނީ ބުނެފަ އެވެ.