Advertisement

މަޖިލިސް އިންތިހާބު 2024: މާލީ ބަޔާން އަދި ހުށަހެޅީ 91 ކެންޑިޑޭޓުން، މާދަމާއަށް ހަމާވާނެ

21 މޭ 2024 - 11:38 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

މަޖިލިސް އިންތިހާބުގެ ވޯޓު ލުން ކުރިއަށް ދަނިކޮށް އޮބްޒާވަރަކު ނޯޓު ކުރަނީ: މަޖިލިސް އިންތިހާބުގެ ކެންޑިޑޭޓުންގެ ބަޔާންތައް ހުށަހަޅާ މުއްދަތު ހަމަވަނީ - ފޮޓޯ: އަދަދު ފައިލް


މަޖިލިސް އިންތިހާބު 2024: މާލީ ބަޔާން އަދި ހުށަހެޅީ 91 ކެންޑިޑޭޓުން، މާދަމާއަށް ހަމާވާނެ

21 މޭ 2024 - 11:38 0

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރި 368 ކެންޑިޑޭޓުންގެ ތެރެއިން އިއްޔެގެ ނިޔަލަށް މާލީ ބަޔާން ހުށަހެޅީ 91 ކެންޑިޑޭޓުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

މާލީ ބަޔާން ހުށަހަޅަން، ގާނޫނުގައިވާ ގޮތުގެ މަތިން އިލެކްޝަންސުން ދިން މުއްދަތު ހަމަވާނީ މާދަމާ ރޭ މެންދަމު 12 ގެ ނިޔަލަށެވެ. މާލީ ބަޔާން ހުށަނާޅާ އަދި 277 ކެންޑިޑޭޓުން އެބަ ތިއްބެވެ.

އިންތިހާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުން މާލީ ބަަޔާން އިލެކްޝަންސަށް ހުށަހެޅުމަކީ ގާނޫނުން ލާޒިމުކޮށްފައިވާ ކަމެކެވެ.

މާލީ ބަޔާން ހުށަނާޅާ ނަމަ ނުވަތަ އޭގައި ދޮގު މައުލޫމާތެއް ހިމެނޭ ނަމަ އިލެކްޝަންސަށް އެ ކެންޑިޑޭޓަކަށް ދައުވާ ކުރަން ފޮނުވޭނެ އެވެ. އެ ކުށުގެ އަދަބަކީ އަހަރު ދުވަހަށް ޖަލަށް ލުން ނުވަތަ 72،000ރ. އިން ޖޫރިމަނާކުރުމެވެ.

މާލީ ބަޔާނުގައި ހިމަނެން ޖެހޭ ކަންކަން؛

  • އިންތިހާބާ ގުޅިގެން ކެންޑިޑޭޓު ކޮށްފައިވާ ހަރަދުތަކުގެ ތަފުސީލު
  • އިންތިހާބަށް ހަރަދު ކުރުމަށް ފައިސާ ހޯދި ގޮތުގެ ތަފުސީލު
  • ފައިސާއާއި ތަކެތި ދިން ފަރާތްތަކާއި ދިން މިންވަރުގެ ތަފުސީލު
  • ބޭންކު އެކައުންޓުން ކޮށްފައިވާ ހުރިހާ މުއާމަލާތެއް އެނގޭނެ ބޭންކު އެކައުންޓް ސްޓޭޓްމަންޓް
  • ސައްހަ މައުލޫމާތުކަން އަންގައިދޭން ފައިސާގެ ރަސީދު، އިންވޮއިސް، ބިލުގެ ކޮޕީ

އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕެއިން ހަރަދުތަކަށް ފައިސާ ލިބޭ މަސްދަރުތައް ސާފުނުވާ ކަމާއި، ކެމްޕެއިންގެ ހާމަކަމާ ގުޅިގޮތުން އާއްމުންގެ ކަންބޮޑުވުންތައް އެބަހުއްޓެވެ.

މާލީ ބަޔާނުގެ މައްސަލާގައި ދައުވާ ކުރަން ފޮނުވައިގެން ފިޔަވަޅު އެޅުން ވެސް ލަސްވާތީ، އީސީއަށް ލިބިދޭ ބާރުގެ ތެރެއިން ފުރަތަމަ ފިޔަވަޅަކަށް ވެސް ފުރިހަމަ ނޫން މާލީ ބަޔާންތަކަށް ޖޫރިމަނާކުރުމަށް ނިންމާފައިވެ އެވެ.

ޖޫރިމަނާގެ ފިޔަވަޅު އަޅަން ފެށީ މިދިޔަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނުންނެވެ. އެ އިންތިހާބުގައި ވާދަކުރި ތިން ކެންޑިޑޭޓުން ވެސް 6،000ރ. އިން ޖޫރިމަނާކޮށްފައިވެ އެވެ.

މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކުރި އަށް ކެންޑިޑޭޓުންގެ ތެރެއިން ފަސް ކެންޑިޑޭޓަކު ވެސް މާލީ ބަޔާން ފުރިހަމަ ނުވާ މައްސަލާގައި ޖޫރިމަނާކޮށްފައިވެ އެވެ. އެއިން ކޮންމެ ކެންޑިޑޭޓަކު 20،000ރ. އިން ޖޫރިމަނާކޮށް ކޮންމެ ކެންޑިޑޭޓެއްގެ ރަސްމީ އެޖެންޓު 6،000ރ. އިން ޖޫރިމަނާކުރި އެވެ.