Advertisement

އަކްރަމް ކަމާލުއްދީން، ކުރީގެ މެންބަރު މުސްތަފާއަށް 1.8 މިލިއަން ރުފިޔާ ދައްކަން ހުކުމްކޮށްފި

20 މޭ 2024 - 12:17 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

އަކްރަމް ކަމާލުއްދީން: ކުރީގެ މެންބަރު މުސްތަފާއަށް ދަރަނި ދައްކަން ސިިވިލް ކޯޓުން އޭނައަށް ހުކުމްކޮށްފި - ފޮޓޯ: ރައީސް އޮފީސް


އަކްރަމް ކަމާލުއްދީން، ކުރީގެ މެންބަރު މުސްތަފާއަށް 1.8 މިލިއަން ރުފިޔާ ދައްކަން ހުކުމްކޮށްފި

20 މޭ 2024 - 12:17 0

ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން، ކުރީގެ މަޖިލިސް މެންބަރު މުހައްމަދު މުސްތަފާއަށް 1.8 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

ފަހުން ފައިސާ ދައްކާ ގޮތަށް، އަކުރަމް ކަމާލުއްދީންގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަށް ޗެކުގެ ގޮތުގައި މުސްތަފާ ހަތަރު ފަހަރު މަތިން ފައިސާ ޖަމާކޮށްފައިވާ ކަމަށް މުސްތަފާ ވިދާޅުވެ އެވެ.

ފުރަތަމަ ޗެކުގައި ޖަމާކޮށްދިނީ 1.15 މިލިއަން ރުފިޔާ އެވެ. ދެވަނަ ޗެކުން ޖަމާކޮށްދިނީ ތިން ލައްކަ ރުފިޔާ އެވެ. ތިންވަނަ ޗެކުގައިވަނީ ދެ ލައްކަ ރުފިޔާ އެވެ. ފަހު ޗެކުން ޖަމާކުރީ 60،000ރ. އެވެ. ހަތަރު ޗެކުގެ އަދަދު ޖުމުލަ 1.7 މިލިއަން ރުފިޔާ އެވެ.

އެ ފައިސާ އަނބުރާ ހޯދުމަށް އަކްރަމްގެ މައްޗަށް ދައުވާކޮށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި މުސްތަފާ ވަނީ ވަކީލުގެ ހަރަދަށް އޭނާގެ އަތުން ދިޔަ އެއް ލައްކަ ރުފިޔާ ވެސް ހޯދުމަށް އެދިފަ އެވެ.

ދެހާސްނަވާރަވަނަ އަހަރު ސިވިލް ކޯޓަށް ހުށަހެޅި އެ މައްސަލާގައި އަކްރަމް ކޯޓުގައި ބުނެފައިވަނީ އޭނާ ދައްކަން ޖެހެނީ ފައިސާއިން 400،000 ރުފިޔާ ކަމަށާއި ދެން ހުރި ފައިސާ އޭނާ ދައްކާފައިވާ ކަމަށެވެ. ކޯޓުގެ ހުކުމުގައި ބުނަނީ އެ ކަން ސާބިތުވާ ވަރުގެ ހެއްކެއް އަކުރަމް ހުށަހަޅުއްވާފައި ނެތް ކަމަށެވެ.

އެހެންކަމުން ވަކީލުގެ ފީއަށް ދިޔަ ހަރަދާއި ދަރަނީގެ ޖުމުލަ އަދަދު ހިމެނޭ ގޮތަށް 1.8 މިލިއަން ރުފިޔާ، އެއް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ހުކުމްކޮށްފައިވެ އެވެ.