15 މޭ 2024 - 06:36 0
އަތޫފް އާތިފް
15 މޭ 2024 - 06:36 0
ދުނިޔޭގެ ފެންވަރުގެ ކޯޗިން ކޯސްތަކާއި ތަމްރީނު ޕްރޮގްރާމްތައް ރާއްޖޭގައި ކުރިއަށް ގެންދިޔުން އެއީ އަމާޒެއް ކަމަށާއި, އެކަން އެގޮތައް ކުރިއަށް ގެންދިޔުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު، އަބްދުالله ރާފިއު (ރާއްޕެ) ވިދާޅުވެއްޖެ އެވެ.
އިއްޔެ ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު، ރާފިއު ވިދާޅުވީ, ކުޅިވަރު ކޯޗުން ތަމްރީނުވާން މިހާރު ބޮޑު ހަރަދެއް ކުރާ ކަމަށާއި, އެހެންވެ, ސަަރުކާރުން މިހާރުން މިހާރަށް ވެސް ކުރަން ބޭނުންވާ އެއްކަމަކީ ކުޅިވަރު ކޯޗުންނަށް ރާއްޖޭގައި ތިބެ، ތަމްރީނު ހެދޭނެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ.
"އަޅުގަނޑުމެންގެ ލޯންގް ޓާމް ޕްލޭންގެ ދަށުން, އެންމެ ފުރަތަމަ, އިރާދަކުރެއްވިއްޔާ މި އަހަރު ކުރަން ބޭނުންވާ އެއް ކަމަކީ ކޯޗުން ތަމްރީނު ކުރުން. އެ ޕްރޮގްރާމަކީ ރާއްޖޭގައި ތިބެގެން، ޔޫއެސްގައި ތަމްރީނުވުން ކަހަލަ ހަމަ އެނގޭތޯ, މިސާލަކަށް އައިސީޕީ ޕްރޮގްރާމް, އެ ޕްރޮގްރާމްތައް ރާއްޖެ ގެންނަން އަޅުގަނޑުމެން މި އުޅެނީ" ރާފިއު ވިދާޅުވި އެވެ.
ރާފިއު ވިދާޅުވީ، ކޯޗުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްތައް ހިންގުމުން އެކަމުގެ ފައިދާ ކުޅިވަރަށް އަދި އެސޯސިއޭޝަންތަކަށް ކުރާނެ ކަމަށެވެ.
ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުން މިހާރު ވެސް އަންނަނީ ކޯޗުން ތަމްރީނުކުރުމުގެ ޕްރޮގްރާމްތައް ހިންގަމުންނެވެ. އެކަމަކު, ކޯޗިން ލައިސަންސްގައި މަތީ ފާހެއް ހޯދަން ބޭނުންވާނަމަ ކޯޗުންނަށް ޖެހެނީ ރާއްޖެއިން ބޭރުން ތަމްރީނުވާށެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment