Advertisement

އެޕްރީލްގެ ނިޔަލަށް ރާއްޖެ އައި ޓޫރިސްޓުންގެ ދެ ޕަސެންޓު ކާނި ހޮޓެލްސްއަށް

5 މޭ 2024 - 20:05 2

މާފުށީގައި ހުންނަ ކާނި ގްރޭންޑް ސީވިއު ހޮޓެލް. އެ ރަށުގައި އެ ހޮޓެލް ޗެއިނުން އަންނަނީ ހަތަރު ހޮޓަލެއް ހިންގަމުން --- ފޮޓޯ: ކާނި


އެޕްރީލްގެ ނިޔަލަށް ރާއްޖެ އައި ޓޫރިސްޓުންގެ ދެ ޕަސެންޓު ކާނި ހޮޓެލްސްއަށް

5 މޭ 2024 - 20:05 2

މިއަހަރުގެ ޖެނުއަރީން ފެށިގެން ނިމިގެންދިޔަ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖެ އައި ޓޫރިސްޓުންގެ ތެރެއިން ދެ ޕަސެންޓު ޓޫރިސްޓުން ގޮސްފައިވަނީ ރާއްޖޭގެ އެންމެ ބޮޑު އެއް ހޮޓެލް ޗެއިން ކަމަށްވާ ކާނި ހޮޓެލްސްގެ ޕްރޮޕަޓީސްތަކަށް ކަމަށް ނަންބަރުތަކުން ދައްކައިފި އެވެ.

މި ސަރަހައްދުގައި ގެސްޓުހައުސް ވިޔަފާރި އެންމެ ފުޅާކޮށް ކުރަމުންދާ ކ. މާފުށީގައި ކާނި ހޮޓެލްސްގެ ހަތަރު ހޮޓަލެއް އަންނަނީ ހިންގަމުންނެވެ. އެއީ ކާނި ޕާމް ބީޗް, ކާނި ގްރޭންޑް ސީވިއު, ކާާނި ބިޗް އަދި ކާނި ވިލެޖު އެންޑް ސްޕާ އެވެ. އެ ހަތަރު ހޮޓަލަށް އެ މުއްދަތުގެ ތެރޭގައި 15,945 ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ.

އެޕްރީލްގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރީ 772,651 ޓޫރިސްޓުންނެވެ. އެހެންކަމުން, ކާނި ހޮޓެލްސް އިން ވަނީ އޭގެ ތެރެއިން 2.06 ޕަސެންޓު ފަތުރުވެރިންނަށް ހިދުމަތް ދީފަ އެވެ. މިއީ ދުނިޔޭގެ ގިނަ ފެއާތަކުގައި ބައިވެރިވެ މާކެޓު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ނަތީޖާ ކަމަށް ކާނި ހޮޓެލްސްއިން ބުނެ އެވެ.

ވާދަވެރިކަން ބޮޑު އަދި ދުނިޔޭގެ ލަގްޒަރީ ބްރޭންޑުތަކުން ގިނަ ޕްރޮޕަޓީތަކެއް ހިންގާ ރާއްޖޭގައި ދިވެހި ހޮޓެލް ޗެއިނަކުން މާކެޓުގެ ދެ ޕަސެންޓު ހިއްސާކުރުމަކީ ކާނި ބްރޭންޑްގެ ވަރުގަދަ ކާމިޔާބެކެވެ. ރާއްޖޭގައި ޓޫރިސްޓުންނަށް ހިދުމަތް ދޭ 1,100 އަށްވުރެ ގިނަ ޕްރޮޕަޓީ އެބަހުއްޓެވެ.