Advertisement

އެމް-ފައިސާ ބޭނުންކޮށްގެން އައިފޯން ލިބޭ ޕްރޮމޯޝަންގެ މުއްދަތު އިރުތުކޮށްފި


އެމް-ފައިސާ ބޭނުންކޮށްގެން އައިފޯން ލިބޭ ޕްރޮމޯޝަންގެ މުއްދަތު އިރުތުކޮށްފި

އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް ވޮލެޓް ޕްލެޓްފޯމް އެމް-ފައިސާއިން ކުރިއަށް ގެންދަމުން ދިޔަ ޕްރޮމޯޝަން "އެމް-ފައިސާ އެންޑް ވިން" ގެ މުއްދަތު ޑިސެމްބަރު، 31 އާހަމައަށް އިތުރުކޮށްފި އެވެ.

އުރީދޫއިން ބުނީ މި ޕްރޮމޯޝަނާއެކު އެމް-ފައިސާ ބޭނުންކުރާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް ކޮންމެ ދެ މަހަކުން އައިފޯން 15 ޕްރޯ މެކްސް ކާމިޔާބު ކުރުމުގެ ފުރުސަތު ލިބިގެންދާ ކަމަށެވެ.

ޔޫޓިލިޓީ ބިލް ދެއްކުމާއި މާޗަންޓް ޓްރާންސެކްޝަންތަކަށް ކޮންމެ މަހަކު 1،500ރ. އާއި އެމް-ފައިސާ މެދުވެރިކޮށް މުއާމަލާތްކުރާ ކަސްޓަމަރުން އޮޓަމެޓިކުން ލަކީ ޑްރޯގައި ހިމެނިގެންދެ އެވެ.

ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، މީޑިއާނެޓް ފަދަ ބިލްތަކަށް އެމް-ފައިސާ މެދުވެރިކޮށް ކޮންމެ ތާކު ކޮންމެ ވަގުތަކު ވެސް ފަސޭހަކަމާއެކު ބިލަށް ފައިސާ ދެއްކެ އެވެ.

އުރީދޫއިން ބުނީ ޔޫޓިލިޓީ ބިލް ދެއްކުމުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނަ ގިނަ އަދި މަގުބޫލު ކެފޭ، ރެސްޓޯރެންޓް އަދި ފިހާރަތަކުން ވެސް ކަސްޓަމަރުންނަށް އެމް-ފައިސާ މެދުވެރިކޮށް ފަސޭހަކަމާއެކު ބިލަށް ފައިސާ ދެއްކޭނެ އެވެ.

އެމް-ފައިސާއަށް ރެޖިސްޓާ ވާން ބޭނުންވާ ފަރާތްތަކަށް އުރީދޫ އެޕް މެދުވެރިކޮށް ރެޖިސްޓާ ކުރެވެ އެވެ.