1 މޭ 2024 - 19:07 1
ސާއިފް ޝިޔާދު
އެމްޑީޕީގެ ލީޑާޝިޕުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން. އާންމު މެމްބަރުންނަށް ޕާޓީގެ ލީޑާޝިޕާ މެދު ގޮތް ނިންމުމުގެ ފުރުސަތު ދޭނެ ކަމަށް ވިދާޅުވި --- ފޮޓޯ: މިރާން ނާޝިމް/އަދަދު
1 މޭ 2024 - 19:07 1
ނިމިގެންދިޔަ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގައި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ކުރިމަތިވި ނާކާމިޔާބީއާ ގުޅިގެން އެ ޕާޓީގެ ކުރިމަގު ކަނޑައެޅުމަށް ދިރާސާއެއް ހަދައި މަގުޗާޓެއް އެކުލަވާލުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކޮށްފި އެވެ.
ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް ދެވަނަ ރިޔާސީ ދައުރެއް ނުލިބު ބޮޑު ބައްޔަކާ ކުރިމަތިލާން ޖެހުނެވެ. އެއަށްފަހު ޖެހިގެން އައި މަޖިލިސް އިންތިހާބުގައި އެ ޕާޓީއަށް ލިބުނީ 12 ގޮނޑި އެވެ. އެ ދެ ނަތީޖާއަށް ފަހު މިރޭ އެ ޕާޓީގެ ގައުމީ މަޖިލިސް އެއްވިއިރު ނިންމާފައިވަނީ ދިރާސާއެއް މެދުވެރިކޮށް ކުރިއަށް ދިޔުމަށެވެ.
"އިންތިހާބުތައް ގެއްލިގެންދިޔަ ސަބަބުތައް ދިރާސާ ކުރުމަށް އަދި ދިވެހި ރައްޔިތުން, އެމްޑީޕީގެ ކުރިމަގަށް ދެކޭ ގޮތް ހޯދައި އަޅުގަނޑުމެންގެ ޕާޓީގެ ކުރިމަގު ބިނާކުރާނެ ގޮތްތަކަކާ މެދު ދިރާސާ ކުރުމަށް ފަހު މަގުޗާޓެއް އެކުލަވާލުމަށް," އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވި އެވެ.
އެ ޕާޓީގެ ލީޑާޝިޕްގެ އިސްތިއުފާ ދިނުމަށް ބައެއް ފަރާތްތަކުން ގޮވާލަމުން ދިޔުމާ ގުޅިގެން ފައްޔާޒު ވަނީ އެގޮތަށް އަމަލުކުރުމުގެ ވިސްނުމެއް ލީޑާޝިޕްގައި މިވަގުތު ނެތް ކަމަށް ވިދާޅުވެފަ އެވެ. އެހެން ނަމަވެސް, ކުރިއަށް އޮތް ތަނުގައި ލީޑާޝިޕާ މެދު އާންމުނަށް ބަސް ބުނުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުރިއަށް އޮތް މުސްތަގުބަލުގައި އަޅުގަނޑުމެންގެ މެމްބަރުންނަށް ލީޑާޝިޕް ބަދަލުކުރަން ޖެހޭ ކަމަށްވަންޏާމުން އެ ފުރުސަތު ވެސް ދޭނަން. މިއީކީ އެވަގުތު ކަމަށް ގަބޫލެއް ނުކުރަން. މިއީ އަނެއްކާ ވެސް ޕާޓީ ނަގައި ކޮޅަށް ޖަހައި," އޭނާ ވިދާޅުވި އެވެ.
މިރޭ އެ ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ރައީސްކަން ކުރައްވާ އަބްދުالله ޝާހިދު ވެސް ވަނީ މިއީ އެ ޕާޓީ ޖެހިޖެހިގެން ދެ އިންތިހާބުން ބަލިވި ފުރަތަމަ ފަހަރު ނޫން ކަމަށް ވިދާޅުވެފަ އެވެ.
"އަލުން ތަރުތީބުވެލައިގެން ނުކުމެ އެމްޑީޕީގެ ފިލޯސަފީތަކާ އެއްގޮތަށް ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ރައްޔިތުން ބޭނުންވާ ކަންކަން ކޮށްްދިނުމުގައި ޕާޓީގެ މެމްބަރުން އަތާއި އަތް ގުޅާލައިގެން އަނެއްކާ ވެސް ބާރަށް މަސައްކަތް ފެށުމަށް," ޝާހިދު މިރޭ ވިދާޅުވި އެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި އެ ދިރާސާ ހެދުމުގެ ކަންކަން ގެންދާނެ ކަމަށް އެމްޑީޕީން ބުނެ އެވެ.
57.14%
0.00%
14.29%
28.57%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ސައިޚް
12 months ago
ދިރާސާދައްކަނީ ފައްޔާޒު، އިބޫ، ޝާހިދު، ރޮޒޭނާ އިސްތިއުފާދީފަ ދިއުންކަމަށް އެއްމެ ރަނގަޅީ، ހިންގާލަން އައިސް ތިއަ ހިންގާލީ އާންމު އެހެން އެއްޗެއް، ދެން އަވަހަށް ކުރިން އުޅުނުގޮތަކަށް އުޅެން ދުރުވޭ،
Comment