Advertisement

އިތުރުވަމުންދާ ފަތުރުވެރިކަމުގެ ސަޕްލައިއާ އެއްވަރަށް ޑިމާންޑު ހޯދުމަށް ރާއްޖެ އިސްތިހާރު ނުކުރެވޭ: މަޓާޓޯ

1 މޭ 2024 - 09:52 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މަޓާޓޯ އަދި އެމްއެމްޕީއާރުސީގެ އިސްވެރިން ބައްދަލުވުމަކަށްފަހު : މަޓާޓޯއިން ބުނަނީ އެކަށީގެންވާ ގޮތެއްގައި ރާއްޖެ އިސްތިހާރު ނުކުރެވޭ ކަމަށް - ފޮޓޯ: މަޓާޓޯ


އިތުރުވަމުންދާ ފަތުރުވެރިކަމުގެ ސަޕްލައިއާ އެއްވަރަށް ޑިމާންޑު ހޯދުމަށް ރާއްޖެ އިސްތިހާރު ނުކުރެވޭ: މަޓާޓޯ

1 މޭ 2024 - 09:52 0

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އިތުރުވަމުންދާ ހިދުމަތްދޭ ތަންތަނާއި ހިދުމަތްތަކާ އެކަށީގެންވާ ޑިމާންޑެއް ހޯދުމަށް ބޭނުންވާ މިންވަރަށް މާކެޓީން ހަރަކާތްތައް ނުހިންގޭ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ބުނެފި އެވެ.

މަޓާޓޯއިން މިހެން ބުނީ، ރާއްޖެއަށް ލިބޭ އާމްދަނީ އިތުރުވާ މިންވަރު މަޑުޖެހި، ޖީޑީޕީ ކުރިއަރާ މިންވަރު ދަށްވަނީ އަގުބޮޑު ރިސޯޓުތައް ދޫކޮށް ފަތުރުވެރިން އަގުހެޔޮ ގެސްޓްހައުސްތައް ހިޔާރުކުރާތީ ކަމަށް ވޯލްޑް ބޭންކުން ބުނުމުން އެކަމާ ދެކޮޅަށް ނެރުނު ބަޔާނެއްގަ އެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އިތުރުވަމުންދާ ރިސޯޓުތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ސަފާރީތައް ހިމެނޭހެން އެ ހިދުމަތްދޭ ތަންތަނަށް ބޭނުންވާ މިންވަރަށް ފަތުރުވެރިން ހޯދުމަށް އެކަށީގެންވާ މިންވަރަކަށް އިސްތިހާރު ނުކުރެވޭ ކަމަށް ވެސް މަޓާޓޯއިން ބުނެފައިވެ އެވެ.

"މީގެއިތުރުން، މުޅި ދާއިރާގެ ހިދުމަތްތަކުގެ އެވްރެޖް ޑެއިލީ ރޭޓްސް ނުވަތަ އަގުތައް ދަށްކުރުމާއި އިތުރުވެފައިވާ ސަޕްލައިއަށް ވާވަރަށް ހިދުމަތް ހޯދުމަށް ރޭވިގެން ހިންގޭ މާކެޓިން މަސައްކަތްތަކެއް ނެތްކަންވެސް މަޓާޓޯއަށް ފާހަގަވެފައިވޭ،" މަޓާޓޯއިން ބުނެފައިވެ އެވެ.

ރާއްޖެ މާކެޓު ކުރުމަށް ރޭވިގެން ހިންގޭ ހަރަކާތްތައް މަދުކަންވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. މީގެ ނަތީޖާއެއްގެ ގޮތުން، މިދިޔަ އަހަރު ނިމުނު އިރު ރާއްޖޭގައި ހިދުމަތް ދެމުންދިޔަ 62،000 އަށްވުރެ ގިނަ ޓޫރިސްޓު އެނދުތަކުގެ ތެރެއިން ހިދުމަތް ހޯދާފައިވާ އެނދުގެ ނިސްބަތް އުޅެނީ 51 ޕަސެންޓުގައި ކަމަށް ވެސް މަޓާޓޯގެ ހޯދުންތަކުގެ ތެރޭގައިވެ އެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމުގެ މަސައްކަތް ކުރަނީ ފަތުރުވެރިކަމުގެ ވުޒާރާއާއި އެމްއެމްޕީއާރުސީ ގުޅިގެންނެވެ. އެގޮތުން ޑިޖިޓަލް މާކެޓިން ހަރަކާތްތަކުގެ އިތުރުން ދުނިޔޭގެ އެކި ގައުމުތަކުގައި ބާއްވާ ފަތުރުވެރިކަމުގެ ފެއާތަކުގައި ރާއްޖޭގެ ސްޓޭންޑުތައް ބަހައްޓައިގެންވެސް ރާއްޖެ އިސްތިހާރު ކުރެ އެވެ.