29 އޭޕްރީލް 2024 - 16:14 0
އަތޫފް އާތިފް
29 އޭޕްރީލް 2024 - 16:14 0
އޭޝިއާގެ 19 އަހަރުން ދަށުގެ ބީޗް ވޮލީބޯލް މުބާރާތުގައި ވާދަކުރަން ގައުމީ 19 އަހަރުން ދަށުގެ ބީޗް ވޮލީބޯލް ޓީމު ތައިލެންޑަށް ފުރައިފި އެވެ.
މި މުބާރާތުގައި ވާދަކުރާނީ ރާއްޖޭގެ 19 އަހަރުން ދަށުގެ ދެ ޕެއާ އެވެ. ތައިލެންޑުގައި މި މުބާރާތް ކުރިއަށް ދާނީ އަންނަ މެއި މަހުގެ 1-5 އަށެވެ. މިއީ އޭވީސީ އިން ޒުވާން ކުޅުންތެރިންނަށް އަމާޒުކޮށް މި މުބާރާތް ބާއްވާ ފަސް ވަނަ ފަހަރެވެ.
ރާއްޖެއިން މި މުބާރާތުގައި ވާދަކުރާ ދެ ޕެއާ އަކީ, މުހައްމަދު އިސްމާއިލް އިކުރާމް ރަޝީދާއި, އިބްރާހީމް ރާކިން ހަސަންގެ ޕެއާ އާއި, މުހައްމަދު އިއުޖާޒް ހަސަން އާއި, އަބްދުالله އާލް އަލީގެ ޕެއާ އެވެ.
ރާއްޖެއިން މި މުބާރާތުގެ އަންހެން ޑިވިޝަނުގައި ބައިވެރިވެފަ އެއް ނުވެ އެވެ.
މި މުބާރާތައް ރާއްޖޭގެ ޓީމު ފުރިއިރު, މި މުބާރާތުގައި ވާދަކުރާ ދެ ޕެއާ އާއި ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ރިޔާޒް ވަނީ ބައްދަލުކޮށް ހިތްވަރުދެއްވާފަ އެވެ.
ޒުވާން ގައުމީ ޓީމުން އޭޝިއާ މުބާރާތައް ފުރިއިރު, މި މަހު ވަނީ ރާއްޖޭގެ ސީނިއާ ގައުމީ ޓީމުން އޭވީސީގެ އޭޝިއާ މުބާރާތުގައި ވާދަކޮށްފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment