ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިނަށް މާލެ ސަރަހައްދުގައި ޕޯސްޓަރާއި ބިލްބޯޑު ހަރުކުރަން ހުއްދަ ހޯދީ އެންމެ 38 ކެންޑިޑޭޓަކަށް ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.
މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން އާންމު ފަރުދަކު ހުށަހެޅި މައުލޫމާތުގެ ޖަވާބުގައި ސިޓީ ކައުންސިލުން ވަނީ ހުއްދަ ދިން ކެންޑިޑޭޓުންގެ ލިސްޓެއް ފޮނުވައިފަ އެވެ. އެއީ މިި މަހު 20، ގެ ނިޔަލަށް ހުއްދަ ދިން ކެންޑިޑޭޓުންގެ ޖުމުލަ ލިސްޓެއް ކަން ސިޓީ ކައުންސިލްގެ މީޑިއާއިން "އަދަދު" ނޫހަށް ވެސް ޔަގީންކޮށްދީފައިވެ އެވެ.
ސިޓީ ކައުންސިލުން ބުނި ގޮތުގައި ބ ދީފައިވާނީ އަށް ފޫޓާއި 12 ފޫޓާ ދެމެދުގެ ދިގުމިނުގެ ބޯޑު ހަރުކުރުމަށެވެ. އެއަށް ނުފެތޭ ކަމަށް ބުނެ ސިޓީ ކައުންސިލްގެ މުވައްޒަފުން ގޮސް ނަގާފައިވަނީ އެންމެ ކެންޑިޑޭޓެއްގެ ބިލްބޯޑު ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެ އެވެ. އެއީ މާފަންނު މެދު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރި އާމިނަތު ހަސަން (އައިންތު ހަސަން) އެކަންޏެވެ.
ބިލްބޯޑު ހަރުކުރަން ހުއްދަ ދިން 38 ކެންޑިޑޭޓުންގެ ތެރޭގައި ހިމެނެނީ މާލޭގެ ދާއިރާތަކަށް ވާދަކުރާ 30 ކެންޑިޑޭޓުންނާއި އަތޮޅުތަކުގެ ދާއިރާތަކަށް ވާދަކުރާ އަށް ކެންޑިޑޭޓަކަށެވެ. އެކަމަކު އެއަށް ވުރެ ގިނަ ކެންޑިޑޭޓުންގެ ބިލްބޯޑުތައް މާލެ ސަރަހައްދުގައި ހަރުކޮށްފައިވެ އެވެ.
އެންމެ ކެންޑިޑޭޓެއްގެ ބިލްބޯޑު ނެގި ކަމަށް ސިޓީ ކައުންސިލުން ބުނި އިރު ބޮޑެތި ސައިޒުތަކުގެ ގިނަ އަދަދެއްގެ ބިލްބޯޑުތަކާއި މަގުގެ ދުވާރަށް ގެއްލުންވާ ގޮތަށް ވެސް ބައެއް ބިލްބޯޑުތައް ހަރުކޮށްފައިވެ އެވެ.
ސިޓީ ކައުންސިލްގެ ގަވާއިިދު ބުނާ ގޮތުން ގަވާއިދާ ހިލާފަށް އެއްވެސް ކެންޑިޑޭޓަކު އަމަލުކޮށްފިނަމަ ފުރަތަމަ ފަހަރު 1،000 ރުފިޔާ އާއި 2،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ އެވެ. އަދި ދެން ތަކުރާރުކުރާ ކޮންމެ ފަހަރަކު 2،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށް ގަވާއިދުގައި ބުނެ އެވެ.
ގަވާއިދާ ހިލާފުވެގެން އެއްވެސް ކެންޑިޑޭޓަކު ޖޫރިމަނާކުރި ކަމެއް އަދި ނޭނގެ އެވެ.
ޕޯސްޓަރު، ބިލްބޯޑު ބަހައްޓަން ހުއްދަ ދިން ކެންޑިޑޭޓުން
- އީވާ އަބްދުﷲ (ގަލޮޅު އުތުރު ދާއިރާ - ޑިމޮކްރެޓްސްގެ ކެންޑިޑޭޓު)
- މުހައްމަދު ނާޒިމް (މާފަންނު އުތުރު ދާއިރާ - އެމްއެންޕީގެ ކެންޑިޑޭޓު)
- މުހައްމަދު ތައުފީގު އަލީ (މާފަންނު ހުޅަނގު ދާއިރާ - އަމިއްލަ ކެންޑިޑޭޓު)
- އަލީ އާޒިމް (މެދު ހެންވޭރު ދާއިރާ - ޑިމޮކްރެޓްސްގެ ކެންޑިޑޭޓު)
- ނާއިފް ޝައުކަތު (ހެންވޭރު ހުޅަނގު ދާއިރާ - ޕީއެންއެފްގެ ކެންޑިޑޭޓު)
- ޑރ. އަމީން އިބްރާހިމް (ހެންވޭރު ހުޅަނގު ދާއިރާ - ޖޭޕީގެ ކެންޑިޑޭޓު)
- މުހައްމަދު އައްބާސް (ވެލިދޫ ދާއިރާ - އެމްޑީއޭގެ ކެންޑިޑޭޓު)
- އަހުމަދު މުޖުތަބާ (ހުޅުމާލެ މެދު ދާއިރާ - އަމިއްލަ ކެންޑިޑޭޓު)
- އަހުމަދު ސަލީމް (ހެންވޭރު ހުޅަނގު ދާއިރާ - އެމްޑީޕީގެ ކެންޑިޑޭޓު)
- އައިޝަތު މުހައްމަދު (ހުޅުމާލެ މެދު ދާއިރާ - އަމިއްލަ ކެންޑިޑޭޓު)
- ފާތިމަތު ޝަރީރާ އަލީ ޝަރީފް (ހުޅުމާލެ އުތުރު ދާއިރާ - އަމިއްލަ ކެންޑިޑޭޓު)
- ހަސަން އިއާދު ސަލީމް (މާފަންނު ދެކުނު ދާއިރާ - އެމްޑީޕީ ކެންޑިޑޭޓު)
- މުހައްމަދު އިބްރާހިމް (ގަލޮޅު އުތުރު ދާއިރާ - އެމްޑީޕީ ކެންޑިޑޭޓު)
- އަހުމަދު މުހައްމަދު (ގަލޮޅު ދެކުނު ދާއިރާ - އަމިއްލަ ކެންޑިޑޭޓު)
- އާމިނަތު ނާދިރާ (ގަލޮޅު އުތުރު ދާއިރާ - އަމިއްލަ ކެންޑިޑޭޓު)
- މުހައްމަދު ޔާސީން (ހުޅުދޫ ދާއިރާ - ޑިމޮކްރެޓްސް ކެންޑިޑޭޓު)
- އިބްރާހީމް އަލީ ޖަލީލް (މެދު ހެންވޭރު ދާއިރާ - އެމްޑީޕީ ކެންޑިޑޭޓު)
- ހަސަން ޝިޔާމް (މެދު ހެންވޭރު ދާއިރާ - އަމިއްލަ ކެންޑިޑޭޓު)
- އިމްދާދު ޒުބައިރު (ހިތަދޫ އުތުރު ދާއިރާ - އަމިއްލަ ކެންޑިޑޭޓު)
- އާމިނަތު ހަސަން (މާފަންނު މެދު ދާއިރާ - އަމިއްލަ ކެންޑިޑޭޓު)
- މުހައްމަދު ފަލާހް (މާފަންނު ހުޅަނގު ދާއިރާ - އެމްޑީޕީ ކެންޑިޑޭޓު)
- އިބްރާހިމް މުހައްމަދު (މައްޗަންގޯޅި އުތުރު ދާއިރާ - ޕީއެންސީ ކެންޑިޑޭޓު)
- އަބްދުﷲ ޒައިން ލަތީފް (މައްޗަންގޯޅި ދެކުނު ދާއިރާ - ޕީއެންއެފް ކެންޑިޑޭޓު)
- އަހުމަދު ފާރިސް މައުމޫން (މައްޗަންގޯޅި އުތުރު ދާއިރާ - އަމިއްލަ ކެންޑިޑޭޓު)
- އަހުމަދު ޒަމީރު (މައްޗަންގޯޅި މެދު ދާއިރާ - ސަރުކާރު ކެންޑިޑޭޓު)
- އަހުމަދު ސިޔާމް މުހައްމަދު (ދ. މީދޫ ދާއިރާ - އެމްޑީއޭ ކެންޑިޑޭޓު)
- މީކާއީލް އަހުމަދު ނަސީމް (ގަލޮޅު އުތުރު ދާއިރާ - އެމްޑީޕީ ކެންޑިޑޭޓު)
- ސާމިއު އަންވަރު (ހުޅުދޫ ދާއިރާ - އެމްޑީޕީ ކެންޑިޑޭޓު)
- މުހައްމަދު އަސްލަމް (ހިތަދޫ އުތުރު ދާއިރާ - އެމްޑީޕީ ކެންޑިޑޭޓު)
- އިލްހާމް އަހުމަދު (ފުނަދޫ ދާއިރާ - އެމްޑީޕީ ކެންޑިޑޭޓު)
- ހަސަން ލަތީފް (ހެންވޭރު ހުޅަނގު ދާއިރާ - ޑިމޮކްރެޓްސް ކެންޑިޑޭޓު)
- މުހައްމަދު ޝިފާޒް (ވިލިމާލެ - ޑިމޮކްރެޓްސް ކެންޑިޑޭޓު)
- އަފާފް އަހުމަދު ރަޝީދު (މާފަންނު ދެކުނު ދާއިރާ - ޑިމޮކްރެޓްސް ކެންޑިޑޭޓު)
- އިޝްރަތު ހަމީދު (ހެންވޭރު އުތުރު ދާއިރާ - ޑިމޮކްރެޓްސް ކެންޑިޑޭޓު)
- އަހުމަދު ސައީދު (މާފަންނު ހުޅަނގު ދާއިރާ - ޑިމޮކްރެޓްސް ކެންޑިޑޭޓު)
- އާޝިޔަތު އަލައިކާ (މައްޗަންގޯޅި މެދު ދާއިރާ - ޑިމޮކްރެޓްސް ކެންޑިޑޭޓު)
- އިމްތިޔާޒު ފަހުމީ (މާފަންނު އުތުރު ދާއިރާ - ޑިމޮކްރެޓްސް ކެންޑިޑޭޓު)
- ޔޫސުފް އަބްދުﷲ (ނައިފަރު ދާއިރާ - އަމިއްލަ ކެންޑިޑޭޓު)
Comment