Advertisement

އުރީދޫއިން ޓިކްޓޮކްއާއެކު ޕާޓްނާޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފި

29 އޭޕްރީލް 2024 - 09:36 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އުރީދޫއާއި ޓިކްޓޮކް ޕާޓްނާޝިޕް އެއްބަސްވުމެއްގައި ސޮއިކުރުން -- ފޮޓޯ: އުރީދޫ


އުރީދޫއިން ޓިކްޓޮކްއާއެކު ޕާޓްނާޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފި

29 އޭޕްރީލް 2024 - 09:36 0

އުރީދޫ މޯލްޑިވްސް އިން ޓިކްޓޮކްއާއެކު ސްޓްރެޓީޖިކް ޕާޓްނާޝިޕް އެއްބަސްވުމެއްގައި ސޮއިކޮށް ރޭ އެކަން އިއުލާނުކޮށްފި އެވެ.

ރާއްޖޭގެ ޓިކްޓޮކް ތަރިންނާއެކު އުރީދޫ ހެޑްކުއާޓާސްގައި ބޭއްވި އިވެންޓެއްގައި މި އެއްބަސްވުމުގައި ސޮއިކުރިކަން އިއުލާންކުރުމަށްފަހު އުރީދޫއިން ބުނީ، މި އެއްބަސްވުމާއެކު ރާއްޖޭގައި ޓިކްޓޮކް ބޭނުންކުރާ މީހުންގެ ތަޖުރިބާ އިތުރަށް ފުރިހަމަވެ އިތުރު ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށެވެ.

އުރީދޫ ނެޓްވޯކުގައި ޓިކްޓޮކް ބޭނުންކުރާ ފަރާތްތަކަށް ހަލުވި ސްޕީޑުގައި ޓިކްޓޮކް ބޭނުންކޮށް، ސްޓްރީމްކޮށް، ޝެއާކޮށް އަދި ކޮންޓެންޓް އުފެއްދުމުގައި އިތުރު ފަސޭހަތައް ލިބޭނެ ކަމަށް އުރީދޫއިން ބުނެ އެވެ.

އުރީދޫގެ ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ މި އެއްބަސްވުމަކީ އުރީދޫ ކަސްޓަމަރުންނަށް ފޯރުކޮށްދޭ އީޖާދީ ހިދުމަތްތަކާއި ޒަމާނީ ސޮލިއުޝަންތަކަށް އިތުރު ކުރެވޭ ބޮޅެއް ކަމަށެވެ.

އުރީދޫއާއި ޓިކްޓޮކް ޕާޓްނާޝިޕް އެއްބަސްވުމެއްގައި ސޮއިކުރުން -- ފޮޓޯ: އުރީދޫ


"ޓިކްޓޮކާއި އެކު، އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ކޮންޓެންޓް އުފެއްދުމަށާއި، އެކަކު އަނެކަކާއި އޮންނަ ގުޅުން ބަދަހިކޮށް، އާކަންތައްތައް ހޯދުމުގައި އުރީދޫ ނެޓްވާރކް މެދުވެރިކޮށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ،" ހާލިދު އަލް ހަމާދީ ވިދާޅުވި އެވެ.

އޭގެ އިތުރުން، ޓިކްޓޮކަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ޕެކްތަކެއް ވެސް އުރީދޫއިން މި އިވެންޓުގައި ވަނީ ލޯންޗްކޮށްފަ އެވެ.

އުރީދޫއިން ބުނީ ރާއްޖޭގައި މިހާރު އުފެދިފައިވާ އަދި އުފެދެމުންދާ ކޮންޓެންޓް އުފައްދާ ފަރާތްތަކަށް މި ޕެކްތަކުގެ ސަބަބުން އިތުރު ލުއިތަކެއް ލިބިގެންދާނެކަން ޔަގީންކުރާ ކަމަށެވެ.

އުރީދޫއަކީ ކަސްޓަމަރުންނަށް އާކަންކަން އަދި އީޖާދީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ރާއްޖޭގައި އެންމެ ކުރީ ސަފުގައި ގުނާލެވޭ އެއް ކުންފުންޏެވެ.