Advertisement

ރައީސް އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ފޯނު ވެއްދުން މަނާ ކުރުމުން ޕީއެންއެފް އިން އެކަން ކުށްވެރިކޮށްފި

28 އޭޕްރީލް 2024 - 15:00 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ޕީއެންއެފް އުފެއްދުމަށް ބޭއްވި ޖަލްސާގެ ތެރެއިން: ޕްރެސްއަށް ފޯނު ވެއްދުން މަނާކުރުން އެ ޕާޓީން ވަނީ ކުށްވެރި ކޮށްފައި -- ފޮޓޯ: މިރާން / އަދަދު


ރައީސް އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ފޯނު ވެއްދުން މަނާ ކުރުމުން ޕީއެންއެފް އިން އެކަން ކުށްވެރިކޮށްފި

28 އޭޕްރީލް 2024 - 15:00 0

ރައީސް އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ފޯނު ވެއްދުން މަނާ ކުރުމުން ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އިން އެކަން ކުށްވެރިކޮށްފި އެވެ.

ޕީއެންއެފްގެ ވަގުތީ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނޫސްވެރިންގެ ބައްދަލުވުމަށް ފޯނު ވެއްދުން މަނާކުރުން ތަހުޒީބީ ދުނިޔޭގައި ދެކޮޅު ނުޖެހޭ ކަމަށެވެ.

ރާއްޖޭގެ ގާނޫނުއަސާސީގައި ހާއްސަކޮށް ބިންވަޅު ނަގާފައިވާ ނޫސްވެރިކަމުގެ ހައްގަށް އުނިކަން އަންނަ ގޮތަށް ކުރާ އެންމެހާ އަމަލުތައް ޕީއެންއެފްގެ ފަރާތުން ކުށްވެރިކުރާ ކަމަށް މަލީހު ވިދާޅުވި އެވެ.

"ރައީސް އޮފީހަށް ވަންނަ ނޫސްވެރިންނަށް ފޯނުފަދަ ވަސީލަތްތައް ވެއްދޭ ގޮތަށް އަލުން ހުއްދަ ދެއްވާ ރައްޔިތުންނާއި ގުޅުންހުރި ކަންކަމުގެ މައުލޫމާތު މިހާރަށްވުރެ ހާމަކަން ބޮޑުކޮށް ދޭތެރެ ކައިރިކޮށް ދިނުމަށް ވެސް ގޮވާލަން،" މަލީހް ވިދާޅުވި އެވެ.

ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުންތަކަށް ފޯނު ވެއްދުން ނޫސްވެރިންނަށް މަނާކުރީ މިއަދެވެ. މިއީ އެއީ ނޫސްވެރިންގެ ބައްދަލުވުމަށް ފޯނު ވެއްދުން މަނާ ކުރި ފުރަތަމަ ފަހަރެވެ.

އެ މައްސަލައާ ގުޅިގެން "އަދަދު" އަށް މައުލޫމާތުދެމުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލު ބުނީ ރައީސް އޮފީހަށް ފޯނު ނުވެއްދޭ ގޮތަށް ސެކިއުރިޓީ ޕްރޮޓޮކޯލް ބަދަލުކުރީ އެއްވެސް "ތުރެޓް" އެއް ނުވަތަ ނުރައްކަލެއް އޮވެގެން ނޫން ކަމަށެވެ.