Advertisement

އިންޑޮނީޝިއާއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

28 އޭޕްރީލް 2024 - 14:23 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އިންޑޮނީޝިއާގައި ބޭއްވި ޑްރިލްއެއްގެ ތެރެއިން -- ފޮޓޯ: އޭއެފްޕީ


އިންޑޮނީޝިއާއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

28 އޭޕްރީލް 2024 - 14:23 0

އިންޑޮނީޝިއާގެ ޖާވާ އައިލޭންޑްއަށް 6.5 މެގްނިޓިއުޑްގެ ބާރު މިނުގައި ބިންހެލުމެއް އިއްޔެ އަތުވެއްޖެ އެވެ.

މި ބިންހެލުމުގެ އަސަރު އިންޑޮނީޝިއާގެ ވެރިރަށް ޖަކާޓާއަށް ކޮށްފައިވާއިރު، ބިންހެލުން އައި ވަގުތު އިމާރާތްތަކުން މީހުން ވެސް ވަނީ ހުސްކޮށްފަ އެވެ.

ބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރު ދީފައެއް ނުވެ އެވެ. އަދި މި ބިންހެލުމާ ގުޅިގެން ރާއްޖެއަށް ވެސް އެއްވެސް އަސަރެއް ނުކުރާ ކަމަށް ރާއްޖޭގެ މެޓް އޮފީހުން ބުނެ އެވެ.

ނަމަވެސް އިންޑިއަން އޯޝަންއަށް އައި މި ބިންހެލުމުގެ އަސަރު ބޮޑު ސަރަހައްދަކަށް ވަނީ ކޮށްފަ އެވެ.

ބިންހެލުމުގެ ސަބަބުން މިހާތަނަށް އެއްވެސް މީހަކަށް ގެއްލުންވި ކަމެއް ނުވަތަ ތަނަކަށް ގެއްލުންވި ކަމެއް އެނގިފައެއް ނުވެ އެވެ.

އިންޑޮނީޝިއާއަށް ޖެނުއަރީ، 2021 ގައި އައި ބާރުގަދަ ބިންހެލުމުގައި 100 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، 2018 ގައި އައި ބިންހެލުމުގައި 2،000 އަށްުވރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

އޭގެއިތުރުން 2004 ގައި އިންޑޮނީޝިއާއަށް 9.1 މެގްނިޓިއުޑް ބާރުމިނުގައި އައި ބިންހެލުމުގައި ބޮޑު ސުނާމީއެއް އުފެދި 170،000 އަށްވުރެ ގިނަ މީހުން ވަނީ އެ ގައުމުން މަރުވެފަ އެވެ.