Advertisement

އިންޑޮނީޝިއާގެ ބޯޑިން ސްކޫލެއްގެ އިމާރާތެއްް ވެއްޓި 61 މީހުން މަރުވެއްޖެ

7 އޮކްޓޯބަރު 2025 - 14:11 0

އަރުޝަމް އަބްދުالله

އަރުޝަމް އަބްދުالله


އިންޑޮނީޝިއާގެ ބޯޑިން ސްކޫލެއްގެ އިމާރާތެއްް ވެއްޓި 61 މީހުން މަރުވެއްޖެ

7 އޮކްޓޯބަރު 2025 - 14:11 0

އިންޑޮނީޝިއާގެ އީސްޓް ޖާވާގެ ސިޑޯއާޖޯގައި ހުރި އަލް ހޮޒިނީ އިސްލާމިކް ބޯޑިން ސްކޫލްގެ އިމާރާތެއް ވެއްޓި 61 މީހުން މަރުވެއްޖެ އެވެ.

ސެޕްޓެމްބަރު 29 ވަނަ ދުވަހު މި ހާދިސާ ހިނގާފައިވަނީ އެ ދުވަހުގެ މެންދުރު ނަމާދު ވަގުތު ނަމާދު ކުރުމަށް މީހުން ތިއްބަ އެވެ.

މި ހާދިސާގައި 100 އަށް ވުރެ ގިނަ މީހުނަށް އަނިޔާވެފައިވާ ކަމަށް އެ ގައުމުގެ އޮފިޝަލުން ބުނެ އެވެ. އެ ގައުމުގެ ސިފައިންނާ އެހީ ފޯރުކޮށްދޭ ފަރާތްތަކުން މިހާރު ވަނީ އިމާރާތުގެ ދަށުވި މީހުން ހޯދުމުގެ މަސައްކަތް ނިންމާލާފަ އެވެ. ކްރޭނާއި އެކި އާލާތްތައް ބޭނުންކޮށްގެން ދުވާލާއި ރޭގަނޑު އިމާރާތުގެ ދަށުން މީހުން ހޯދުމުގެ މަސައްކަތް ކުރި އެވެ.

ވެއްޓުނު އިމާރާތުގެ ގިނަ މަސައްކަތްތަކެއް ވެއްޓުނު އިރު ދިޔައީ ކުރަމުންނެވެ. އަދި މި އިމާރާތުގައި ކަމާބެހޭ އިދާރާތަކުގެ ހުއްދައާ ނުލާ ވަނީ ފަންގިފިލާތައް އިތުރުކޮށްފަ އެވެ. އިމާރާތް ހެދުމުގައި ފަށް ފެންވަރުގެ ސާމާނު ބޭނުންކޮށްފައި ވުމަކީ އިމާރާތް ވެއްޓެން ދިމާވި ސަބަބެއް ކަމަށް އޮފިޝަލުން ބުނެ އެވެ.

އިމާރާތް ވެއްޓެން މެދުވެރިވި ސަބަބު ދެނެގަތުމަށް ތަހުގީގެއް ފަށާފައިވާކަމަށް އިންޑޮނީޝިއާގެ ސަރުކާރުން ބުނެ އެވެ. އަދި މި ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކާ އެ ފަރާތްތަކުގެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދޭނެކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފަައިވެ އެވެ.

އިމާރާތުގެ ދަށުވެ މަރުވި ފަރާތްތަކުގެ އާއިލާތަކަށް ބޮޑު ހިތާމަ އަކާ ކުރިމަތިލާން ޖެހިފައިވާއިރު, މި ހާދިސާއާ ގުޅިގެން އެގައުމުގެ އެތައް ބަޔަކަށް ވަނީ ސިހުން ގެނުވާފަ އެވެ. އަދި މުސްތަގުބަލުގައި މިފަދަ ހާދިސާތައް ހުއްޓުވުމަށް ސްކޫލްތަކާއި ދަރިވަރުންގެ އުޅޭ ތަންތަނުގައި ވަރުގަދަ ސަލާމަތީ ގަވާއިދުތަކެއް އެކުލަވާލުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.