Advertisement

ފައިސަލް އިންޑޮނީޝިއާގެ މަޖިލީހަށް ޒިޔާރަތް ކުރައްވައިފި

8 ޑިސެންބަރު 2025 - 21:32 2

އަހުމަދު އާއިދު

އަހުމަދު އާއިދު


ފައިސަލް އިންޑޮނީޝިއާގެ މަޖިލީހަށް ޒިޔާރަތް ކުރައްވައިފި

8 ޑިސެންބަރު 2025 - 21:32 2

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު، އިންޑޮނީޝިއާގެ ގާނޫނު ހަދާ މަޖިލީހަށް ޒިޔާރަތްކުރައްވައި، އެ މަޖިލީހުގެ ރައީސްއާ ބައްދަލު ކުރައްވައިފި އެވެ.

ފައިސަލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންޑޮނީޝިއާގެ މަޖިލީހުގެ ސްޕީކާ ޕުއާން މަހަރާނީ އާއި އެކު ބޭއްވި ބައްދަލުވުމުގައި ދެ ގައުމުގެ ޒަމާންވީ ގުޅުމާއި މެދު މަޝްވަރާ ކުރެވުނު ކަމަށެވެ.

ރާއްޖެ އާއި އިންޑޮނީޝިއާ އާއި ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 50 އަހަރު ވެއްޖެ އެވެ.

ފައިސަލް ވިދާޅުވި ގޮތުގައި މި ބައްދަލުވުމުގައި ގުޅިގެން ކުރެވޭނެ ކަންތައްތަކާ މެދު ވާހަަކަ ދެކެވުނު ކަމަށެވެ. އެގޮތުން ތައުލީމީ ދާއިރާ އާއި، ސިއްހީ ދާއިރާ އާއި، މޫސުމީ ދާއިރާ އާއި، އިގުތިސޯދީ ދާއިރާ އަދި ގުޅިގެން އެކުގައި ކުރިއަށް ދެވޭނެ އެހެން ދާއިރާތަކާ މެދު ވެސް މަޝްވަރާ ކުރެވުނު ކަމަށް ފައިސަލް އެކްސްގައި ލިޔުއްވާފައިވެ އެވެ.

ވެރިކަމަށް ފަހު ފައިސަލް ގެންދަވަނީ ރާއްޖޭގެ އެކި ރަށްރަށަށް އަދި ބޭރުގެ ބައެއް ގައުމުތަކަށް ޒިޔާރަތްކުރައްވަމުންނެވެ. މި ދަތުރުތަކުގައި ރާއްޖޭގެ ރަށްރަށުގެ ހާލަތު ބައްލަވައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދާ ގޮތް ބައްލަވާލައްވަމުންނެވެ.

އަދި، ބޭރުގެ ގައުމުތަކަށް ކުރައްވާ ދަތުރުތަކުގެ ތެރޭގައި އެ ގައުމުތަކާއެކު އޮތް ގުޅުމާއި، އެ ގުޅުން އިތުރަށް ބަދަހިކުރުމާމެދު މަޝްވަރާ ކުރައްވަ އެވެ.