27 އޭޕްރީލް 2024 - 15:00 1
ސާއިފް ޝިޔާދު
އުއްތަމަ ފަނޑިޔާރު މުއުތަސިމް މި ސިސްޓަމް އިފްތިތާހު ކޮށްދެއްވާއިރު ޖޭއެސްސީގެ ރައީސް ހިސާން އެމަނިކުފާނުގެ އަރިހުގައި --- ފޮޓޯ: ޑީޖޭއޭ
27 އޭޕްރީލް 2024 - 15:00 1
ރާއްޖޭގެ ކޯޓުތަކާއި އަދި ޝަރުއީ ދާއިރާގެ ހުރިހާ ކަމާ ގުޅުންހުރި އިދާރާތަކެއް އެއް ވިއުގައަކުން ގުޅާލަދޭ އިންޓަގްރޭޓެޑް ކޯޓް މެނޭޖުމަންޓު ސިސްޓަމް (އައިސީއެމްއެސް) މިއަދު އިފްތިތާހުކޮށްފި އެވެ.
މިއަދު މި ސިސްޓަމް އިފްތިތާހު ކޮށްދެއްވީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން އެވެ. އެމަނިކުފާނުގެ އަރިހުގައި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސް ހިސާން ހުސައިން އާއި ޑިޕާޓްމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ޗީފް އެޑްމިނިސްޓްރޭޓަރު އައިޝަތު ރިޒުނާ އަދި ޝަރުއީ ދާއިރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
ދައުވާ ފޯމު އެންޓްރީ ކުރުމާ ހަމައިން ފެށިގެން ކޭސް ރަޖިސްޓްރޭޝަން، ކޭސްއަށް ފަނޑިޔާރުން ހަމަޖެއްސުން، ކޭސް ޝެޑިއުލިން، ކޯޓު އަމުރު ތައްޔާރުކުރުން، އަދި ހުކުމް ކުރުންވެސް މި ސިސްޓަމްގެ ތެރެއިން ކުރިއަށް ގެންދެވޭނެ ކަމަށް ޑީޖޭއޭ އިން މައުލޫމާތު ދެ އެވެ.
މި ސިސްޓަމް ފަރުމާކޮށްފައި ވަނީ އާންމުންނަށް ވެސް އެކްސެސް ލިބޭ ޕޯޓަލްއަކާ އެކު އެވެ. އޭގެ ސަބަބުން އާންމުންނަށް މައްސަލަތަކުގެ ސްޓޭޓަސް ބަލާލެވޭނެ އެވެ.
އައިސީއެމްއެސްގެ ސަބަބުން މައްސަލަތައް ޕްރޮސެސް ކުރުމަށް ބޭނުންވާ ވަގުތު ކުޑަވެ، ކޯޓުތަކުގެ ހިންގުން ހަރުދަނާވެ، މަސައްކަތުގެ އެފިޝިއެންސީ އިތުރުވެ، މައްސަލަތަކުގެ ބެކްލޮގް ވަރަށް ބޮޑަށް ދަށްވެ، އަދުލު އިންސާފު ހަލުވިކަމާއެކު، ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް ޑީޖޭއޭއިން ބުނެ އެވެ.
މި ސިސްޓަމް ފަރުމާ ކުރުމުގައި ރާއްޖޭގައި ހުންނަ އިނގިރޭސިވިލާތުގެ ހައި ކޮމިޝަނާއި ޔޫއެންޑީޕީން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
0.00%
0.00%
100.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ކޯޓު އޮފިސަރު
11 months ago
މޮޅު ހެޑްލައިން ނުހެދުން ރަނގަޅު ވާނީ. ސުޕީޗު ޓު ޓެކުސްޓު އެޕެއްވެސް ހަދާފަ ނެރުނޭ ކިޔާ. އެކަމު އެބޭނުންކުރާކަށް ކޯޓުތަކަކަށް ނުލިބޭ. ކޯޓުތަކުގަ މުވައްޒަފުން ހަރުނުލާ މުވައްޒަފުންނެތި މަސައްކަތްކުރަންޖެހިފަ ހުރިކަން ރިޒުނާއަށް އެގޭބާ. ކޯޓުތަކުގެ މަސައްކަތް ހަރުދަނާނުވޭ މިދިޔަ ފަސް އަހަރަކު. މޮޅު ހެޑްލައިން ހެދުން ޖޭއެސްސީއާ ޑީޖޭއޭގެ ކަމަކީ. ސިވިލް ކޯޓު އެއޮތީ ހުއްޓިފަ. ހައްލެއް ނުލިބޭ
Comment