Advertisement

ދުވާފަރު ދާއިރާގެ ވޯޓު ފޮށިތައް އަލުން ނުގުނަން ނިންމައިފި

25 އޭޕްރީލް 2024 - 13:42 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ދުވާފަރު ދާއިރާގެ ވޯޓު ފޮށިތައް އަލުން ނުގުނަން ނިންމައިފި

25 އޭޕްރީލް 2024 - 13:42 0

ދުވާފަރު ދާއިރާގެ ވޯޓު ފޮށިތައް އަލުން ނުގުނަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ނިންމައިފި އެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި ވޯޓު ފޮށިތައް ގުނައިދޭން ދުވާފަރު ދާއިރާއަށް ވާދަކުރި އިބްރާހިމް އަބްދުލް ރަހްމާންގެ ތިން މަންދޫބުން އެދުނު މައްސަލައިގައި ފޮށިތައް އަލުން ނުގުނަން ކޮމިޝަނުން ވަނީ ނިންމާފަ އެވެ.

ކޮމިޝަނުން މިގޮތަށް ނިންމާފައި ވަނީ މިއަދު ބޭއްވި ޖަލްސާގައި ހުށަހެޅި ޝަކުވާ ބެލުމަށްފަހު، ފޮށިތައް އަލުން ގުނަން ޖެހޭ ސަބަބެއް ކޮމިޝަނަށް ނުފެންނާތީ އެވެ.

ދުވާފަރު ދާއިރާގެ ފޮށިތައް އަލުން ގުނައިދޭން އެދުނީ ހަތަރު ވޯޓުގެ ތަފާތެއް ހުރުމާއެކު، ބާތިލް ވޯޓުތައް ގިނަވުމުން ނަތީޖާއަށް ބަދަލެއް އައިސްދާނެ ކަމަށް ބެލެވޭތީ އެވެ.

އެނގިފައިވާ ގޮތުގައި އީސީއިން ވޯޓު ފޮށިތައް އަލުން ނުގުނަން ނިންމީ، މަންދޫބުން ނަތީޖާ ސައްހަ ކަމަށް ޝީޓުގައި ސޮއިކުރުމުގެ އިތުރުން އެއްވެސް ޝަކުވާއެއް ކުރިން ފާހަގަކޮށްފައި ނުވާތީ އެވެ.

"ވޯޓު ފޮށިތައް އަލުން ގުނާނީ އަލުން ގުނަން ޖެހޭ ވަރުގެ ޝަކުވާއެއް ހުށަހެޅުމުން. އެވަރުގެ ޝަކުވާއެއް މިހާތަނަށް އައިސްފައެއް ނުވޭ" އީސީގެ އޮފިޝަލަކު އަދަދުއަށް ވިދާޅުވި އެވެ.

ދުވާފަރު ދާއިރާއަށް ހަތަރު ކެންޑިޑޭޓުން ވާދަކޮށްފައިވާއިރު، އެންމެ ގިނައިން ވޯޓު ހޯއްދެވީ 1،074 ވޯޓާއެކު ޕީއެންސީގެ ކެންޑިޑޭޓު މުހައްމަދު އަލީ އެވެ.

މުހައްމަދު އަލީގެ ފަހަތުން ދެވަނައަށް އެންމެ ގިނައިން ވޯޓު ހޯއްދެވި މިނިވަން ކެންޑިޑޭޓު އިބްރާހިމް އަބްދުލް ރަހްމާނަށް ލިބުނީ 1،070 ވޯޓެވެ.

އޭގެ އިތުރުން އެމްޑީޕީގެ ކެންޑިޑޭޓު އިސްމާއިލް އަހުމަދުއަށް 579 ވޯޓު ލިބިފައިވާއިރު، ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓު އަޒްލީން އަހުމަދުއަށް ލިބިފައި ވަނީ 77 ވޯޓެވެ.