Advertisement

އެލިއާއިން މާފުށި ކައުންސިލަށް ކަލެކްޝަން ބިން ހަދިޔާކޮށްފި

25 އޭޕްރީލް 2024 - 09:31 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެލިއާއިން މާފުށި ކައުންސިލަށް ކަލެކްޝަން ބިން ހަދިޔާކުރުން -- ފޮޓޯ: އެލިއާ


އެލިއާއިން މާފުށި ކައުންސިލަށް ކަލެކްޝަން ބިން ހަދިޔާކޮށްފި

25 އޭޕްރީލް 2024 - 09:31 0

އެލިއާއިން ރާއްޖޭގެ އެއްރަށަކަށް އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ރަށްކަމުގައިވާ މާފުށި ކައުންސިލަށް ކޮމިއުނިޓީ ޑަސްޓްބިން އަދި ހޭލުންތެރި ކުރުމަށް ބޯޑުތަކެއް ހަދިޔާކޮށްފިއެވެ.

އެލިއާއިން ބުނީ އެކުންފުނިން އިސް ނަގައިގެން ކުރިއަށްދިޔަ މިހަރަކާތަކީ ސާފުތާހިރުކަމަށް އަހަންމިއްޔަތުކަން ދިނުމާއި ދެމެހެއްޓެނިވި ވެށްޓެއް ގާއިމު ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

ހަދިޔާ ކުރި ޑަސްޓްބިންތަކަކީ އެލިއާއިން ބުނި ގޮތުގައި ދެވައްތަރުގެ ކުނި ވަކިކުރެވިގެން އުކާލެވޭ ގޮތަށް ފަރުމާކޮށްފައިވާ، ޑަސްބިން ތަކެކެވެ. އެ ޑަސްބިންތައް ބެހެއްޓީ މާފުށީގެ އެކި ސަރަޙައްދު ތަކުގަ އެވެ.

އެލިއާއިން ބުނީ ރާއްޖޭގެ ބޮޑު އާމްދަނީއެއް ބަރޯސާވަނީ ރާއްޖޭގެ ކަނޑުފަޅުގެ އިތުރުން ގޮނޑުދޮށްތަށް ބޭރު ދުނިޔެއަށް އިސްތިހާރުކޮށްގެން ކަމަށްވާއިރު، ރާއްޖޭގެ ގުދުރަތީ ވެށި ހިމާޔަތް ކުރުމަށް ކުނި މެނޭޖްކުރުމަކީ މުހިންމު އަހައްމިއްޔަތެއް ދީގެން މަސައްކަތްކުރަންޖެހޭ ކަމެއް ކަމަށެވެ.

އެލިއާއިން މާފުށި ކައުންސިލަށް ކަލެކްޝަން ބިން ހަދިޔާކުރުން -- ފޮޓޯ: އެލިއާ


"މި ޑަސްޓްބިންތައް ބެހެއްޓުމަކީ ޖަޒީރާ މުއްސަނދި ރީތިކަން ދެމެހެއްޓުމަށާއި މާފުށީގެ މާހައުލު ސާފު ވެއްޓަކަށް ބަދަލުކުރުމުގެ މުހިންމު ހަރަކާތެއް،" އެލިއާއިން ބުންޏެވެ.

މާފުށި ކައުންސިލުން ވެސް ވަނީ އެލިއާއިން ފޯރުކޮށްދިން އެހީތެރިކަމަކީ މުހިންމު އަދި ބޭނުންތެރި ކަމެއްކަން ފާހަގަކޮށްފަ އެވެ.

މުޖްތަމައުގެ ދުޅަހެޔޮކަމަށްޓަކައި އެލިއާއިން އަބަދުވެސް މުޖްތަމައުގެ އެކި އެކި ބޭނުންތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދެ އެވެ.

ވިޔަފާރީގެ ކާމިޔާބު 60 އަހަރު ފާހަގަ ކުރަމުންދާ އެލިއާއަކީ ދަތުރުފަތުރުކުރުމުގެ ދާއިރާގައި ދިވެހި ކަނޑުތަކަށް އިންގިލާބެއް ގެނެސްދިން ބައިވެރިއެކެވެ. ހާޑްވެއާގެ އިތުރުން ތަފާތު ވައްތަރުގެ ލަކުޑީގެ ބާވަތްތަކުގެ ވިޔަފާރި ވެސް އެލިއާއިން ކުރެ އެވެ.