Advertisement

ބާސާ ދޫކޮޮށްލާނެ ކަމަށް ބުނި ޒަވީ އެ ޓީމުގައި މަޑުކުރަނީ

25 އޭޕްރީލް 2024 - 07:12 0


ބާސާ ދޫކޮޮށްލާނެ ކަމަށް ބުނި ޒަވީ އެ ޓީމުގައި މަޑުކުރަނީ

25 އޭޕްރީލް 2024 - 07:12 0

ބާސެލޯނާ (25 އޭޕްރީލް) - މި ސީޒަނަށް ފަހު ބާސެލޯނާ ދޫކޮށްލާނެ ކަމަށް ބުނި ކޯޗު ޒަވީ ހެނާންޑޭޒް އެ ކުލަބުގައި މަޑު ކުރަން ނިންމައިފި އެވެ.

ޒަވީ ވަނީ މީގެ ކުރިން ސީޒަން ނިމުމުން ބާސާ ދޫކޮށްލާނެ ކަމަށް ބުނެފަ އެވެ. އެއާއެކު ބާސާގެ ރައީސް ލަޕޯޓާ ވަނީ ޒަވީ އެ ކްލަބުގައި މަޑުކުރަން އެދޭ ކަމަށް ބުނެފަ އެވެ. މީގެ އިތުރުން ބާސާގެ ބައެއް ކުޅުންތެރިން ވެސް ވަނީ އެ ކްލަބުުގެ ކޯޗު ކަމުގައި ޒަވީ މަޑުކުރަން އެދޭ ކަމަށް ބުނެފަ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން ބާސާއިން ޒަވީއާއެކު, ކުރިއަށް ގެންދިޔަ މަޝްވަރާތަކަށް ފަހު, އޭނާ ވަނީ ކޮންޓްރެކްޓް ހަމަވާންދެން މަޑުކުރަން ނިންމައިފަ އެވެ. ޒަވީ އާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހުގަ އެވެ. އެހެންވެ, ޒަވީ އިތުރު އެއް ސީޒަން ބާސާގައި ހޭދަކުރާނެ އެވެ.

ބާސާ ދޫކޮށްލާނެ ކަން ޒަވީ ހާމަކުރީ ސީޒަންގެ ކުރީކޮޅު އެ ޓީމުން ދަށް ކުޅުމެއް ފެނިގެންދިޔުމާއެކު, އަމާޒުވި ފާޑުކިޔުންތަކާއެކުގަ އެވެ.

ބާސާގެ ކޯޗަކަށް ޒަވީ ހަމަޖެއްސީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގަ އެވެ. ގަތަރުގެ އަލް ސާދު ދޫކޮށް ބާސާއާ ހަވާލުވި ޒަވީ ވަނީ އެ ޓީމުގައި ހޭދަކުރި ފުރަތަމަ ފުލް ސީޒަނުގައި ސްޕެނިޝް ލީގު ކާމިޔާބު ކޮށްދީފަ އެވެ. އޭގެ ކުރިން، ސްޕެނިޝް ސުޕަ ކަޕް ކާމިޔާބު ކޮށްދިނެވެ. އެކަމަކު، ކްލަބްގެ ހާލަތާއި އަމިއްލަ ކޯޗިން ކެރިއަރަށް ބަލާފައި، ޒަވީ އާ ޗެލެންޖަކާ ދިމާލަށް މިސްރާބު ޖަހަން ބާސާއާ ވަކިވާން ނިންމީ އެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ޕީއެސްޖީ އަތުން ބާސާ ބަލިވުމާއެކު, އެ ޓީމަށް މިހާރު ލިބެން އޮތީ ހަމައެކަނި ސްޕެނިޝް ލީގެވެ. އެކަމަކު މި ސީޒަނުގައި ސްޕެނިޝް ލީގު ލިބުން އެއީ ބާސާ އަށް ދުރު ކަމެކެވެ. އެއީ ސްޕެނިޝް ލީގުގެ އެއްވަނައިގައި އޮތް ރެއާލަށް ލީގު ކާމިޔާބު ކުރަން ބޭނުންވަނީ އެންމެ ނުވަ ޕޮއިންޓެވެ.