Advertisement

ނޯޓް ރަން ޖުލައި 19 އަށް ފަސްކޮށްފި

24 އޭޕްރީލް 2024 - 14:36 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ނޯޓް ރަން ލޯންޗުކުރި ރަސްމިއްޔާތުގެ ތެރެއިން: ރަން ވަނީ ޖުލައި 19 އަށް ފަސްކޮށްފައި -- ފޮޓޯ: އިޔާދު / އަދަދު


ނޯޓް ރަން ޖުލައި 19 އަށް ފަސްކޮށްފި

24 އޭޕްރީލް 2024 - 14:36 0

ނޯޓް ކޮސްމެޓިކް މޯލްޑިވްސް އާއި އައިރަނާސް ގުޅިގެން އޭޕްރީލް 26، ގައި އަންހެނުންނަށް ހާއްސަކޮށްގެން ބާއްވާ "ނޯޓް ރަން" ޖުލައި، 19 އަށް ފަސްކޮށްފި އެވެ.

އައިރަނާސްއިން ބުނީ ރަންގައި ރަޖިސްޓްރީވިކަން ކޮންފާމްވާނީ ބޭނުންކުރާ ޓީޝާޓުތައް ބަލާ ދާން ޖެހޭ ދުވަސް ކަނޑައެޅުމުން ކަމަށާއި، އެކަން ދުރާލާ އެސްއެމްއެސްއަކުން އަންގާނެ ކަމަށެވެ.

ރަންގައި މިހާތަނަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ޖުލައި، 19 ވަނަ ދުވަހު ނުދެވޭ މީހުންނަށް ރީފަންޑު ލިބޭނެ ކަމަށާއި، އެ ފަރާތްތަކުން އައިރަނާސްއަށް ގުޅުމަށް ވަނީ އެދިފަ އެވެ.

އެގޮތުން އައިރަނާސްގެ އިންސްޓަގްރާމް ނުވަތަ ފޯނުން 9993210 އަށް ގުޅައިގެން ރީފަންޑު ހޯދުމުގެ އިތުރުން ރަންއާ ގުޅޭ މައުލޫމާތު ހޯދޭނެ ކަމަށް ވަނީ ބުނެފަ އެވެ.

ދުވުމުގެ ބައިތައް

  • 5 ކިލޯ މީޓަރުގެ ދުވުން
  • އަންހެނުންނަށް ހާއްސަ 1 މޭލްގެ ދުވުން
  • 12 އަހަރުން ދަށުގެ ދެ ޖިންސްގެ ކުޑަކުދިންނަށް ހާއްސަކޮށް 1 މޭލުގެ ދުވުން

ދުވުމުގެ މަގުސަދަކީ އަންހެނުން ބާރުވެރި ކުރުވައި ކެންސަރު ޖެހިފައިވާ ފަރާތްތަކަށް ހިތްވަރު ދިނުމުމެވެ.

ދުވުމުގެ ބައިވެރިންނަށް މެޑަލް ދިނުމުގެ އިތުރުން ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ލިބެ އެވެ. އެގޮތުން ލަކީޑްރޯއިން ހޮވޭ ފަރާތަށް ތުރުކީގެ ދެކޮޅު ޓިކެޓެ ދޭއިރު، ބައިވެރިވާ 500 ފަރާތަކަށް ނޯޓުން ގިފްޓު ޕެކެއް ވެސް ދޭނެ އެވެ.

ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާ ގޮތް:

18 އަހަރާއި 24 އަހަރު: އެއްވަނައަށް 1500ރ.، ދެވަނައަށް 1000ރ. އަދި ތިންވަނައަށް 750ރ.

25 އަހަރާއި 34 އަހަރު: އެއްވަނައަށް 1500ރ.، ދެވަނައަށް 1000ރ. އަދި ތިންވަނައަށް 750ރ.

35 އަހަރާއި 44 އަހަރު: އެއްވަނައަށް 1500ރ.، ދެވަނައަށް 1000ރ. އަދި ތިންވަނައަށް 750ރ.

45 އަހަރާއި 54 އަހަރު: އެއްވަނައަށް 1500ރ.، ދެވަނައަށް 1000ރ. އަދި ތިންވަނައަށް 750ރ.

55 އަހަރާއި 64 އަހަރު: އެއްވަނައަށް 1500ރ.، ދެވަނައަށް 1000ރ. އަދި ތިންވަނައަށް 750ރ.

65 އަހަރުން މަތި: އެއްވަނައަށް 1500ރ.، ދެވަނައަށް 1000ރ. އަދި ތިންވަނައަށް 750ރ.

ދުވުމުގައި ބައިވެރިވާނީ ކިހިނެއް؟

  • އައިރަނާސްގެ ވެބްސައިޓުގައި އެކައުންޓެއް ހުޅުވުން
  • ނޯޓް ރަން ސެލެކްޓްކޮށް ރަޖިސްޓްރީ ކުރުން
  • ބައިވެރިވާ ފަރާތުގެ މައުލޫމާތު ހިމެނުން
  • ޓީޝާޓް ސައިޒު ސެލެކްޓްކުރުން
  • ބޭނުންވާ ކެޓަގަރީއެއް ސެލެކްޓްކުރުން
  • ރަޖިސްޓްރޭޝަނަށް ފައިސާ ދައްކައި ރަޖިސްޓްރޭޝަން ނިންމުން