ނޯޓް ކޮސްމެޓިކް މޯލްޑިވްސް އާއި އައިރަނާސް ގުޅިގެން އަންހެނުންނަށް ހާއްސަކޮށްގެން ބާއްވާ "ނޯޓް ރަން" ޖުލައި 19، ގައި އަގުހުރި އިނާމުތަކާއެކު ބާއްވަން ނިންމައިފި އެވެ.
އަންހެނުން ބާރުވެރި ކުރުވުމާއި ކެންސަރު ޖެހިފައިވާ ފަރާތްތަކަށް ހިތްވަރު ދިނުމުގެ މަގްސަދުގައި ބާއްވާ މި ދުވުމުގައި އިވެރިންނަށް މެޑަލް ދިނުމުގެ އިތުރުން ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ލިބެ އެވެ.
ލަކީޑްރޯއިން ހޮވޭ ފަރާތަށް ތުރުކީގެ ދެކޮޅު ޓިކެޓެ ދޭއިރު، ބައިވެރިވާ 500 ފަރާތަކަށް ނޯޓުން ގިފްޓު ޕެކެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
ދުވުމުގެ ބައިތައް:
- 5 ކިލޯ މީޓަރުގެ ދުވުން
- އަންހެނުންނަށް ހާއްސަ 1 މޭލްގެ ދުވުން
- 12 އަހަރުން ދަށުގެ ދެ ޖިންސްގެ ކުޑަކުދިންނަށް ހާއްސަކޮށް 1 މޭލުގެ ދުވުން
ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާ ގޮތް:
18 އަހަރާއި 24 އަހަރު: އެއްވަނައަށް 1500ރ.، ދެވަނައަށް 1000ރ. އަދި ތިންވަނައަށް 750ރ.25 އަހަރާއި 34 އަހަރު: އެއްވަނައަށް 1500ރ.، ދެވަނައަށް 1000ރ. އަދި ތިންވަނައަށް 750ރ.35 އަހަރާއި 44 އަހަރު: އެއްވަނައަށް 1500ރ.، ދެވަނައަށް 1000ރ. އަދި ތިންވަނައަށް 750ރ.45 އަހަރާއި 54 އަހަރު: އެއްވަނައަށް 1500ރ.، ދެވަނައަށް 1000ރ. އަދި ތިންވަނައަށް 750ރ.55 އަހަރާއި 64 އަހަރު: އެއްވަނައަށް 1500ރ.، ދެވަނައަށް 1000ރ. އަދި ތިންވަނައަށް 750ރ.65 އަހަރުން މަތި: އެއްވަނައަށް 1500ރ.، ދެވަނައަށް 1000ރ. އަދި ތިންވަނައަށް 750ރ.ދުވުމުގައި ބައިވެރިވާނީ ކިހިނެއް؟
- އައިރަނާސްގެ ވެބްސައިޓުގައި އެކައުންޓެއް ހުޅުވުން
- ނޯޓް ރަން ސެލެކްޓްކޮށް ރަޖިސްޓްރީ ކުރުން
- ބައިވެރިވާ ފަރާތުގެ މައުލޫމާތު ހިމެނުން
- ޓީޝާޓް ސައިޒު ސެލެކްޓްކުރުން
- ބޭނުންވާ ކެޓަގަރީއެއް ސެލެކްޓްކުރުން
- ރަޖިސްޓްރޭޝަނަށް ފައިސާ ދައްކައި ރަޖިސްޓްރޭޝަން ނިންމުން
Comment