5 އޭޕްރީލް 2024 - 09:44 2
ލީވާން އަލީ ނާސިރު
5 އޭޕްރީލް 2024 - 09:44 2
ނޯޓް ކޮސްމެޓިކް މޯލްޑިވްސްއިން އޭޕްރީލް 26، ގައި އަންހެނުންނަށް ހާއްސަކޮށްގެން ބާއްވާ "ނޯޓް ރަން" ގެ ބައިވެރިންގެ ތެރެއިން 500 މީހަކަށް ޖުމުލަ ދެ ލައްކަ ރުފިޔާގެ ގިފްޓްޕެކް ދިނުމަށް ނިންމައިފި އެވެ.
ނޯޓް ރަން އިންތިޒާމުކުރާ "އައިރަނާސް" ފައުންޑާ ހުސެއިން ޝުޖާއު ވިދާޅުވީ ދުވުމުގައި ރަޖިސްޓްރީވާ 500 މީހަކަށް ނޯޓް ކޮސްމެޓިކް އިން 500 ގިފްޓްޕެކް ދޭނެ ކަމަށެވެ.
ގިފްޓް ޕެކްގައި ހިމެނޭނީ އަންހެނުން ޒީނަތްތެރިވުމަށް ބޭނުންވާ ނޯޓް ބްރޭންޑުގެ ސާމަނު ކަމަށް ޝުޖާއު ވިދާޅުވި އެވެ. މިއީ ރާއްޖޭގެ ބާޒާރުގައި މިހާރު އެންމެ މަގުބޫލް ބިއުޓީ ބްރޭންޑެކެވެ.
އަންހެނުން ބާރުވެރި ކުރުވައި ކެންސަރު ޖެހިފައިވާ ފަރާތްތަކަށް ހިތްވަރު ދިނުމަށް ކުރިއަށް ގެންދާ މި ދުވުމުގައި މެޑަލް ދިނުމުގެ އިތުރުން ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ލިބެ އެވެ.
"ލަކީޑްރޯއިން ހޮވޭ ފަރާތަށް ތުރުކީގެ ދެކޮޅު ޓިކެޓެ ދޭނެ" ޝުޖާއު ވިދާޅުވި އެވެ.
އޭގެ އިތުރުން ދުވުމުގައި އެކި އުމުރުފުރާތަކުން ވަނަވަނައަށް ދާ ފަރާތްތަކަށް ފައިސާގެ އިނާމު ދިނުމަށްވެސް ނޯޓް ކޮސްމެޓިކްއިން ވަނީ ނިންމާފަ އެވެ.
މި ދުވުމުގައި ހިމެނެނީ ފަސް ކިލޯ މީޓަރު ދުވުމާއި އަންހެނުންނަށް ހާއްސަ އެއް މޭލްގެ ދުވުން އަދި 12 އަހަރުން ދަށުގެ ދެ ޖިންސްގެ ކުޑަކުދިންނަށް ހާއްސަކޮށް އެއް މޭލުގެ ދުވުމެވެ.
Comment