Advertisement

ޔުވެންޓަސް އިޓާލިއަން ކަޕްގެ ފައިނަލަށް

24 އޭޕްރީލް 2024 - 10:13 0


ޔުވެންޓަސް އިޓާލިއަން ކަޕްގެ ފައިނަލަށް

24 އޭޕްރީލް 2024 - 10:13 0

ރޯމް (އޭޕްރީލް 24) - އިޓާލިއަން ކަޕްގެ ސެމީ ފައިނަލްގެ ދެ ވަނަ ލެގުގައި ރޭ ޔުވެންޓަސް އަތުން 2-1 އިން ލާޒިއޯ މޮޅުވިޔަސް، 3-2ގެ އެގްރިގޭޓް ނަތީޖާއަކުން ޔުވެންޓަސް އިން ފައިނަލުގެ ޖާގަ ހޯދައިފި އެވެ.

ޔުވެންޓަސް ދަނޑުގައި ކުޅުނު ފުރަތަަމަ ލެގު އެ ޓީމު ކާމިޔާބުކުރީ 2-0 އިންނެވެ.

ލާޒިއޯގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ 12 ވަނަ މިނިޓުގައި އެ ޓީމަށް ކުރި ހޯދައިދިނީ ވެލަންޓިން ކަސްޓެލާނޮސް އެވެ. އަދި ދެ ވަނަ ހާފުގެ ކުރީކޮޅު ކަސްޓެލާނޮސް ވަނީ އިތުރު ލަނޑެއް ޖަހައިފަ އެވެ.

އެކަމަކު، ޔުވެންޓަސް ކޮޅަށް އެގްރިގޭޓް ނަތީޖާ އެނބުރުނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ޕޯލެންޑްގެ ފޯވަޑް އަރްކަޑިއުޒް މިލިޗް މެޗުގެ 83 ވަނަ މިނިޓުގައި ޖެހި ލަނޑުންނެވެ.

މެޗަށްފަހު ވާހަކަދައްކަމުން މިލިޗް ބުނީ ސެމީ ފައިނަލްގައި ދެއްކި ކުޅުމަށްވުރެ ރަނގަޅު ކުުޅުމެއް ފައިނަލްގައި ދައްކަންޖެހޭ ކަމަށެވެ.

"އަހަރަމެންނަށް އެނގޭ ފައިނަލްގައި ކުޅުން ރަނގަޅު ކުރަންޖެހޭކަން. އަހަރަމެންނަށް އެކަންކުރެވޭނެ،" މިލިޗް ބުންޏެވެ.

އަންނަ މަހުގެ 15 ވަނަ ދުވަހު ކުޅޭ ފައިނަލްގައި ޔުވެންޓަސްއާ ދެކޮޅަށް ނުކުންނާނީ އެޓަލާންޓާ ނޫނީ ފިއޮރެންޓީނާ އެވެ.