Advertisement

ތިން ދައުރަށް ފަހު ގަލޮޅު އުތުރު ގޮނޑި އީވާއަށް ގެއްލިއްޖެ

21 އޭޕްރީލް 2024 - 20:44 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ތިން ދައުރަށް ފަހު ގަލޮޅު އުތުރު ގޮނޑި އީވާއަށް ގެއްލިއްޖެ

21 އޭޕްރީލް 2024 - 20:44 0

ރައްޔިތުންގެ މަޖިލީހުގައި ގަލޮޅު އުތުރު ދާއިރާގެ ގޮނޑި ތިން ދައުރުގައި ފުރުއްވި މެމްބަރު އީވާ އަބްދުالله އަށް އެ ގޮނޑި ގެއްލިއްޖެ އެވެ.

މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވަގުތީ ނަތީޖާތައް ދައްކާ ގޮތުން އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ކެންޑިޑޭޓު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.

"ގަލޮޅު އުތުރުން ކާމިޔާބު ހޯއްދެވި ކުޑޫއަށް ވަރަށް މަރުހަބާ ދަންނަވަން. ވޭތުވެދިޔަ ތާނގައި ގަލޮޅު އުތުރުން ދެއްވި އިތުބާރާ ޔަގީންކަމަށް ހިތުގެ ޚާލިސް ޝުކުރު ދަންނަވަން," އެކްސްގައި އީވާ ވިދާޅުވި އެވެ.

އީވާ ގަލޮޅު އުތުރަށް އެންމެ ފުރަތަމަ އިންތިހާބުވީ 2009 ވަނަ އަހަރު 1,249 ވޯޓާއެކު 54 ޕަސެންޓު ވޯޓާއެކު އެވެ. ދެވަނަ ދައުރަށް އީވާ އިންތިހާބުވީ 1,183 ވޯޓާ އެކު އެވެ. ތިންވަނަ ދައުރަކަށް 2019 ގައި އޭނާ އިންތިހާބުވީ 1,387 ވޯޓާއެކު އެވެ.

އީވާ ރައްޔިތުންގެ މަޖިލީހުގެ ތިން ދައުރަށް ވެސް އިންތިހާބުވީ އެމްޑީޕީގެ ޓިކެޓުގަ އެވެ. ނަވާރަވަނަ މަޖިލީހުގެ ނައިބު ރައީސްކަން ވެސް އޭނާ ކުރެއްވި އެވެ.

އެއަށްފަހު އެމްޑީޕީގެ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގައި އެ ޕާޓީ ދޫކޮށް ދަ ޑިމޮކްރެޓްސް އުފެއްދުމުގައި އޭނާ އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި އެވެ.