21 އޭޕްރީލް 2024 - 16:00 4
މުހައްމަދު ޝަހްޒާން
ހިންނަވަރު ދާއިރާގެ މަޖިލިސް ގޮނޑި ކާމިޔާބު ކުރެއްވި މުހައްމަދު އަބްދުލް ރަހްމާން -- ފޮޓޯ: ފޭސްބުކް
21 އޭޕްރީލް 2024 - 16:00 4
ފާއިތުވި ތިރީސް އަހަރު ވެސް ހިންނަވަރުގެ މަޖިލިސް ގޮނޑި ފުރަމުންދިޔަ އެމްޑީޕީއަށް އެ ގޮނޑި ގެއްލިއްޖެ އެވެ.
މިހައިތަނަށް ގުނި ވޯޓުގެ ނަތީޖާއިން ދައްކާ ގޮތުގައި އެ ދާއިރާގެ މަޖިލިސް ގޮނޑި ކާމިޔާބު ކޮށްފައިވަނީ ޕީއެންސީގެ ޓިކެޓުގައި ވާދަކުރި މުހައްމަދު އަބްދުލް ރަހްމާން އެވެ. އެ ދާއިރާގެ މަޖިލިސް ގޮނޑި ނިމިދިޔަ ދައުރުގައި ފުރީ އެމްޑީޕީގެ ޖީހާން މަހުމޫދު އެވެ.
ޖީހާންގެ ކުރިން 25 އަހަރު ވަންދެން ރައްޔިތުންގެ މަޖިލީހުގައި ޅ. ހިންނަވަރު ދާއިރާ ތަމްސީލު ކުރެއްވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ.
މިހައިތަނަށް ގުނި ވޯޓުގެ ނަތީޖާއިން ދައްކާގޮތުން ހިންނަވަރު ދާއިރާގެ އިތުރުން ވެސް މަޖިލީހުގެ ގިނަ ގޮނޑިތަކެއް ސަރުކާރުން ވަނީ ކާމިޔާބުކޮށްފަ އެވެ.
މިއީ މިފަހުގެ ތާރީހުގައި އެމްޑީޕީއަށް މަޖިލިސް އިންތިހާބެއްގައި ލިބުނު އެންމެ ބޮޑު ނާކާމިޔާބީ އެވެ. ނިމިގެން މިދާ 19 ވަނަ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތީ އެމްޑީޕީއަށެވެ. ނަމަވެސް 20 ވަނަ މަޖިލީހުގެ މެޖޯރިޓީ ޕީއެންސީއަށް ލިބޭނެ ކަމަށް ލަފާ ކުރެވެ އެވެ.
100.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ފާފު
11 months ago
ތިވީ ހަމަ ރަނގަޅަށް. ރޯޔަލް ރޭޕްކޭސް ހިންދާލީ އިބޫއާ ގުޅިގެން ޖީހާނު. އޭނަގެ ފިރިމީހާވީމަ. ދެންއުޅުނީ ލާމުގައޮތް ގޯތީގެ މައްސަލަ އެވެސް ހިންދާލާ އޮޅުވާލީ.
އަސްލު
11 months ago
މޮޅު ހެޑްލައިނެއް އަޅަންވެގެން ކުރާކަމެއްތަ؟ ޕާރޓީ ސިސްޓަމްއުފެދުނުތާ އަދި ނުވާނެ ތިހާ ދުވަހެއް، ރާއްޖޭގެ ފުރަތަމަ ޕާރޓީ އަކީ އެމް.ޑީ.ޕީ ، އެ ޕާރޓީ އުފެދުނީ 2005 ޖެނުއަރީގަ، ރަސްމީވީ ޖޫން 2005 ގަ..، ދެން ހިސާބުޖަހައިގެން ބަލާބަލަ، ނޭންގެންޔާ އަދުރޭ އަށް ގުޅާފަ އަހާލާ....
ރޮޔަލް
11 months ago
ހަމުދުލިﷲ. ޖިހާނު އައުޓުވީ
ހާރޓް
11 months ago
2008 އާ ގާނޫނު އަސާސީގެ ދަށުން ރައްޔިތުން މަޖިލީހުގެ އިންތިހާބު ބާއްވަން ފެށިފަހުން އިންތިހާބީ ދާއިރާއެއްގެ ގޮތުގައި ހިންނަވަރު ދާއިރާއަށްވާނީ މިދައުރާ ހަމައަށް 15 އަހަރު. 30 އަހަރު ކިޔަން ޖެހޭނީ އެހެން ގޮތަކަށް
Comment