Advertisement

އިސްދޫ ދާއިރާއަށް ވާދަކުރާ އަމިއްލަ ކެންޑިޑޭޓުގެ ތާއީދު އެމްޑީޕީގެ ކެންޑިޑޭޓަށް

18 އޭޕްރީލް 2024 - 22:21 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ފަޔާޒްގެ މިއަދު ޝުހާދުގެ ކެމްޕޭނާ ގުޅުމަށް ފަހު. އޭނާ ވަނީ ޕީއެންސީގް ޕްރައިމަރީގައި 633 ވޯޓު ހޯދާފައި --- ފޮޓޯ: އެމްޑީޕީ


އިސްދޫ ދާއިރާއަށް ވާދަކުރާ އަމިއްލަ ކެންޑިޑޭޓުގެ ތާއީދު އެމްޑީޕީގެ ކެންޑިޑޭޓަށް

18 އޭޕްރީލް 2024 - 22:21 0

އާދީއްތަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިސްދޫ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރާ އަބްދުالله ފަޔާޒު އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ކެންޑިޑޭޓު, އަހްމަދު ޝުހާދަށް ތާއީދުކޮށް އޭނާގެ ކެމްޕޭނާ ގުޅިއްޖެ އެވެ.

ފަޔާޒު އަމިއްލަ ގޮތުން ވާދަކުރަނީ ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕްރައިމަރީން ބަލިވުމަށް ފަހު އެވެ. ޖުމުލަ 1,533 މީހުން ވޯޓު ދިން ޕްރައިމަރީގައި 633 ވޯޓާ އެކު އޭނާ ދިޔައީ ދެވަނަ އަށެވެ.

އެ ދާއިރާއަށް ޕީއެންސީގެ ފަރާތުން ވާދަަކުރައްވަނީ ޕްރައިމަރީ ކާމިޔާބު ކުރެއްވީ އިސްމާއީލް ޝަފީއު އެވެ. ޕީއެންސީގެ ޕްރައިމަރީގައި އޭނާއަށް 856 ވޯޓު ލިބުނެވެ.

ޝުހާދު އަކީ އެމްޑީޕީގެ އިސްދޫ ދާއިރާގެ ރައީސް އެވެ. މިދިޔަ އެމްޑީޕީގެ ސަރުކާރުގައި އޭނާ ވަނީ އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް ކުރައްވާފަ އެވެ. އިސްދޫ ދާއިރާގެ ގޮނޑި މިހާތަނަށް އެމްޑީޕީއަށް ކާމިޔާބު ކުރެވިފައި ނުވެ އެވެ.

އެގޮތުން, 18 ވަނަ މަޖިލީހުގައި އެ ގޮނޑި ފުރުއްވީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ޓިކެޓުގައި އިންތިހާބުގައި ވާދަކޮށް ކާމިޔާބު ކުރެއްވި އަހްމަދު ރަޝީދު އިބްރާހިމް އެވެ.

މި ހިނގަމުންދާ މަޖިލީހުގައި އެ ގޮނޑި ފުރުއްވަނީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ޓިކެޓުގައި އިންތިހާބުވި އަލީ ހަމީދު އެވެ. އެއަށްފަހު އެމްޑީޕީއަށް ސޮއިކުރުމަށް ފަހު މިހާރު އޭނާ ހުންނެވީ ވެރިކަން ކުރާ ޕީއެންސީގަ އެވެ.

އިސްދޫ ދާއިރާގައި ހިމެނެނީ ހަތަރު ރަށެވެ. އެއީ, އިސްދޫ, ކަލައިދޫ, ދަނބިދޫ އަދި މައިބާދޫ އެވެ. އެ ދާއިރާއަށް ވޯޓު ދިނުމުގެ ހައްގު 4,715 މީހުންނަށް ލިބެ އެވެ.