Advertisement

ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް މޭޖާ ޖެނެރަލް ހިލްމީ އައްޔަނުކޮށްފި

18 އޭޕްރީލް 2024 - 12:29 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ޖެނެރަލް ހިލްމީއަށް މަގާމަށް އައްޔަނު ކުރި ކަމުގެ ލިޔުން ރައީސް ހަވާލުކުރައްވަނީ. އޭނާ ކުރިން ހުންނެވީ ވައިސް ޗީފަކަށް --- ފޮޓޯ: ރައީސް އޮފީސް


ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް މޭޖާ ޖެނެރަލް ހިލްމީ އައްޔަނުކޮށްފި

18 އޭޕްރީލް 2024 - 12:29 0

ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަނުކުރައްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ވަނީ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ބްރިގޭޑިއާ ޖެނެރަލް އަހްމަދު އިޔާޒު ވެސް އައްޔަނުކުރައްވާފަ އެވެ.

ސިފައިންގެ ޗީފްގެ މަގާމުގެ ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ލެފްޓިނެންޓު ޖެނެރަލް، އަބްދުއްރަހީމް އަބްދުއްލަތީފް ސިފައިންގެ ހިދުމަތުން ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.

ވައިސް ޗީފްގެ މަގާމަށް ޖެނެރަލް ހިލްމީ އައްޔަނުކުރެއްވީ ވެސް ރައީސް މުއިއްޒު އެވެ. އެއީ ޑިސެމްބަރު 13, 2023 ގަ އެވެ.

އޭގެ ކުރިން އޭނާ ހުންނެވީ ކޯސްޓު ގާޑުގެ ކޮމާންޑަންޓުގެ މަގާމުގަ އެވެ. ހިލްމީ ސިފައިންގެ ވަޒީފާއަށް ވެންނެވީ އޭޕްރީލް 25، 1988، ގަ އެވެ.

މޭޖާ ޖެނެރަލް ހިލްމީ ވަނީ ޑިފެންސް އިންސްޓިޓިއުޓް ފޯ ޓްރެއިނިން އެންޑް އެޑިއުކޭޝަންގެ ކޮމާންޑިން އޮފިސަރުކަމާއި ޕްލޭންސް، ޕޮލިސީ އެންޑް ރިސޯސް މެނޭޖްމަންޓުގެ ޕްރިންސިޕަލް ޑައިރެކްޓަރު ކަމާއި ޑިޕާޓްމަންޓް އޮފް އިންޓަނޭޝަނަލް ޑިފެންސް ކޯޕަރޭޝަން އެންޑް ޕޮލިސީގެ ޕްރިންސިޕަލް ޑައިރެކްޓަރުގެ މަގާމު އަދާ ކުރައްވައިފަ އެވެ.

އޭގެ އިތުރުން، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ކޮމާންޑަރު ކަމާއި ސެންޓްރަލް އޭރިއާ ކޮމާންޑުގެ ކޮމާންޑަރުގެ މަގާމުގައި ވެސް ހުންނެވި އެވެ.