Advertisement

ހަމައެކަނި އިހުލާސްތެރިވީ ނައިބު ރައީސް، އާދަމް ޝަރީފް އަދި ތޯރިގު: ރައީސް ޔާމީން

18 އޭޕްރީލް 2024 - 00:14 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އާދަމް ޝަރީފު، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު، އަދި ތޯރިގު


ހަމައެކަނި އިހުލާސްތެރިވީ ނައިބު ރައީސް، އާދަމް ޝަރީފް އަދި ތޯރިގު: ރައީސް ޔާމީން

18 އޭޕްރީލް 2024 - 00:14 1

އެ މަނިކުފާނު ޖަލުގައި އޮންނެވި މުއްދަތުގައި ޕީއެންސީ/ޕީޕީއެމްގައި މިހާރު ތިއްބެވި ބޭފުޅުންގެ ތެރެއިން އިހުލާސްތެރިކަމާއެކު މަސައްކަތް ކުރެއްވީ ހަމައެކަނި މިހާރުގެ ނައިބު ރައީސް، ހުސެއިން މުހައްމަދު ލަތީފާއި ލޯކަލް ގަވަމެންޓު މިނިސްޓަރު، އާދަމް ޝަރީފާއި މަހިމަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޕީއެންއެފްގެ އޮފީހުގައި މިރޭ ބޭއްވި ޖަލްސާގައި ސުވާލެއް ކުރައްވަމުން ޔާމީން ވިދާޅުވީ ޖަލުގައި އޮންނެވި މުއްދަތުގައި އެ މަނިކުފާނުގެ ދިފާއުގައި މަސައްކަތް ކުރެއްވި ބޭފުޅުންގެ ހަބަރުތައް ވަރަށް ރަނގަޅަށް ލިބިލައްވަމުންދިޔަ ކަމަށާއި މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން އިހުލާސްތެރި ހިތަކާއެކު ހަމައެކަނި މަސައްކަތް ކުރެއްވީ ތިން ބޭފުޅުން ކަމަށެވެ.

"މިހާރުގެ ވީޕީ ހުސެން މުހައްމަދު ލަތީފަކީ އަޅުގަނޑު ގަބޫލު ކުރާގޮތުން ވަރަށް އިހުލާސްތެރިކަމާއެކީ އަޅުގަނޑު ސަލާމަތް ކުރަން މަސައްކަތް ކުރެއްވި ބޭފުޅެއް އިނގޭތޯ؟ ހަމަ އެގޮތަށް މަހިބަދޫ ދާއިރާގެ މެންބަރު ޓޮމް (އަހުމަދު ތޯރިގު) އަކީ އަޅުގަނޑު ސަލާމަތް ކުރަން ވަރަށް މަސައްކަތް ކުރި މީހެއް އިނގޭތޯ؟ އަޅުގަނޑު އެޔެއް ޑައުޓެއް ނުކުރަން އިނގޭތޯ؟، ތިންވަނަ ބޭފުޅަކީ ލޯކަލް ގަވަމެންޓު އޮތޯރިޓީ މިނިސްޓަރު އާދަމް ޝަރީފް، ހަމަ ވަރަށް އިހުލާސްތެރިކަމާ އެކީ މަސައްކަތް ކުރެއްވި ތިން ބޭފުޅުން މިއީ، އެހެން ބޭފުޅުންގެ ތެރޭގައި ދެން އެއީ ކޮސްމެޓިކް އިނގޭތޯ؟،" ޔާމީން ވިދާޅުވި އެވެ.

ޖަލުގައި އޮންނެވި މުއްދަތުގައި އެމަނިކުފާނުގެ ދިފާއުގައި މަސައްކަތް ކުރެއްވި ބޭފުޅުންގެ ހަބަރުތައް ބަރާބަރަށް ލިބިވަޑައިގަންނަވާކަން ފާހަގަ ކުރައްވައި ޔާމީން ވިދާޅުވީ މިއަދު އެ ބޭފުޅުންގެ ވިސްނުމަށާއި ފިކުރު ބަދަލުވެފައިވިޔަސް ހެޔޮ ހިތުން މަސައްކަތެއް ކޮށްދެއްވި ނަމަ އެ ބައެއްގެ މަސައްކަތް ބަލައިގަންނަން ޖެހޭނެ ކަމަށެވެ.

އެ ތިން ބޭފުޅުންނަށް ޔާމީނު ތައުރީފު ކުރެއްވިއިރު، ވެރިކަމުގެ އާރާއި ބާރު، ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ލިބިވަޑައިގަތުމުގެ ކުރީން އެ ތިން ބޭފުޅުން ފާހަގަވެގެން ދިޔައީ ޔާމީންއާ އެންމެ އަރިސް ބޭފުޅުންގެ ގޮތުގަ އެވެ.

ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފަކީ ރައީސް ޔާމީނުގެ ވެރިކަމުގައި ވެސް އެމަނިކުފާނާ ވަރަށް އަރިސް ބޭފުޅެކެވެ. އާދަމް ޝަރީފަކީ ޔާމީނަށް ރިޔާސީ އިންތިހާބަށް ކުރިމަތި ނުލެއްވޭ ހާލަތުގައި ޕީއެންސީން ނެރޭނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބޭއްވި ޕީއެންސީ ސެނެޓު ޕްރައިމަރީގައި ޔާމީނުގެ ތާއީދާއެކު ރައީސް މުއިއްޒުއާ ވާދަކުރެއްވި ބޭފުޅާ އެވެ. އަދި އޭނާ ޔާމީނުގެ ޑިފެންސް މިނިސްޓަރުކަން ވެސް އަދާކުރެއްވި އެވެ.

ޕީޕީއެމް/ޕީއެންސީ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގައި ތޯރިގު ފާހަގަ ކުރެވުނީ ރައީސް ޔާމީންގެ ބޭފުޅެއް ގޮތުގަ އެވެ.