Advertisement

ހޮޓެލް އޭޝިއާ އެގްޒިބިޝަން އަދި ކަލިނަރީ ޗެލެންޖު އަންނަ މަހު ބާއްވަނީ

18 އޭޕްރީލް 2024 - 10:17 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ހޮޓެލް އޭޝިއާ އެގްޒިބިޝަން އަދި ކަލިނަރީ ޗެލެންޖު އަންނަ މަހު ބާއްވަނީ

18 އޭޕްރީލް 2024 - 10:17 0

ހޮޓެލް އޭޝިއާ އެގްޒިބިޝަން އަދި އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖުގެ 18 ވަނަ އެޑިޝަން މެއި، 12 އިން 15 ގެ ނިޔަލަށް ބޭއްވުމަށް ނިންމައިފި އެވެ.

މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސާވިސް (އެމްއީއެސްސީ) އަދި ބެސްޓް ބައި މޯލްޑިވްސް (ބީބީއެމް) އިން އިންތިޒާމުކޮށްގެން މިފަހަރު ބާއްވާ މި އެގްޒިބިޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ ދަރުބާރޭގެ އިތުރުން އުސްފަސްގަނޑުގަ އެވެ.

މެއި، 13 އިން 15 އަށް ބާއްވާ އެގްޒިބިޝަންގައި ހޮޓެލް، ރިސޯޓު، ރެސްޓޯރެންޓު، ސަފާރީތަކުގެ އިތުރުން ރަށްތަކުގެ އެކި އުފެއްދުންތައް ދައްކާލުމަށް މިފަހަރު ވެސް ވަނީ ހަމަޖެހިފަ އެވެ.

އެގްޒިބިޝަންއާ ގުޅޭގޮތުން މީއީއެސްސީގެ ޑިރެކްޓާ އަދި ސީއީއޯ ހުސްނީ ރައުފް ވިދާޅުވީ މިފަހަރުގެ އެގްޒިބިޝަންގައި ވެސް ވިޔަފާރިތަކަށް އިތުރު ފުރުސަތުތަކާއި އާ ކަންތައްތަކެއް ދަސްވެގެންދާނެ ކަމަށެވެ.

ދަރުބާރުގެއާއި އުސްފަސްގަނޑުގައި 300 އަށްވުރެ ގިނަ ސްޓޯލް ބެހެއްޓުމަށް ހަމަޖެހިފައިވާއިރު، އެކި އުފެއްދުންތައް ދައްކާލުމަށް 45 ގައުމަކުން އެގްޒިބިޝަންގައި ބައިވެރިވެ އެވެ.

އޭގެއިތުރުން އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު ބޭއްވުމަށް ހަމަޖެހިފައި ވަނީ ގައުމީ ޔުނިވާސިޓީ އަދި ދަރުބާރުގޭގައި މެއި، 12 އިން 15 ގެ ނިޔަލަށެވެ.

ކަލިނަރީ ޗެލެންޖުގައި 500 އަށްވުރެ ގިނަ ޝެފުން ބައިވެރިވެ އެވެ. އަދި 75 ރިސޯޓުން އެގްޒިބިޝަންގައި ބައިވެރިވާނެ އެވެ.

އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖުގައި 25 މުބާރާތް ހިމެނޭއިރު، އިންސާފު ކުރުމަށް ދުނިޔޭގެ ފެންވަރުގެ 20 ޖަޖުންނާއި، ރާއްޖޭގެ 10 ޖަޖުން ބައިވެރިވެ އެވެ.