Advertisement

ބައިބަލާ ޗެލެންޖް: ބުރު، ކާސިންޖީ، އީސްޓް ކޯސްޓް އަދި ޖޭކޭ ސެމީ އަށް

17 އޭޕްރީލް 2024 - 10:09 0

އެމްޓީސީސީ ބައިބަލާ ޗެލެންޖްގެ ރޭގެ މެޗެއްގެ ތެރެއިން.--- ފޮޓޯ: ބައިބަލާ އެސޯސިއޭޝަން


ބައިބަލާ ޗެލެންޖް: ބުރު، ކާސިންޖީ، އީސްޓް ކޯސްޓް އަދި ޖޭކޭ ސެމީ އަށް

17 އޭޕްރީލް 2024 - 10:09 0

އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖްގެ ސެމީ ފައިނަލްގެ ޖާގަތައް ބުރު ސްޕޯޓްސް ކްލަބާއި ކްލަބް ކާސިންޖީ އާއި ޔުނައިޓަޑް އީސްޓް ކޯސްޓް އަދި ޖެކޭ ސްޕޯޓްސް ކްލަބް އިން ހޯދައިފިއެވެ.

މި މުބާރާތުގައި ރޭ ކުޅުނު ކުއާޓާ ފައިނަލްގެ ފުރަތަމަ މެޗުގައި ވިއެނާ ސްޕޯޓްސް އަތުން ބުރު ސްޕޯޓްސް ކްލަބް މޮޅުވީ ސީދާ ދެ ގޭމުންނެވެ.

ދެވަނަ ކުއާޓާ ފައިނަލްގައި ޓީސީ ސްޕޯޓްސް އަތުން ކާސިންޖީވެސް މޮޅުވީ ސީދާ ދެ ގޭމުންނެވެ.

އީސްޓް ކޯސްޓް ސެމީން ޖާގަ ހޯދީ ރޭ ކުޅުނު ތިން ވަނަ ކުއާޓާގައި ކުޑަ ހެންވޭރު ޔުނައިޓަޑް އަތުން ސީދާ ދެ ގޭމުން މޮޅުވެގެނެވެ.

ޖޭކޭ ސްޕޯޓްސް އިން ފުރަތަމަ ފަހަރަށް ސެމީގެ ޖާގައެއް ހޯދީ ރޭ ކުޅުނު ކުއާޓާ ފައިނަލްގެ ފަހު މެޗުގައި ކްލަބް އޯވަންއޯ އަތުން ސީދާ ދެ ގޭމުން މޮޅުވެގެނެވެ.

މި އަހަރުގެ ސެމީ ފައިނަލް އިން ޖާގަ ހޯދީ ޓީމުތަކުގެ ތެރެއިން، މި މުބާރާތް ކުރިން ކާމިޔާބުކުރި ޓީމަކަށް އޮތީ ބުރު އެކަންޏެވެ. ބުރު ވަނީ 2007 އަދި 2018 ވަނަ އަހަރު ބައިބަލާގެ ޗެމްޕިއަންކަން ހޯދައިފައެވެ.

މުބާރާތުގެ ސެމީ ފައިނަލް ދެ މެޗާއި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ އެވެ.