Advertisement

އީސްޓް ކޯސްޓް، ޖޭކޭ، ވިއެނާ، ކާސިންޖީ، ކުޑަ ހެންވޭރު އަދި އޯވަންއޯ ކުއާޓާ އަށް

16 އޭޕްރީލް 2024 - 07:54 0


އީސްޓް ކޯސްޓް، ޖޭކޭ، ވިއެނާ، ކާސިންޖީ، ކުޑަ ހެންވޭރު އަދި އޯވަންއޯ ކުއާޓާ އަށް

16 އޭޕްރީލް 2024 - 07:54 0

އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖްގެ ގަދަ 16 ގައި ރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށް ހަ ޓީމެއް ވަނީ ކުއާޓާ ފައިނަލްގެ ޖާގަ ކަށަވަރުކޮށްފަ އެވެ.

ހުޅުމާލެ ސެންޓްރަލް ޕާކް ސަރަހައްދުގައި ކުރިއަށްދާ މުބާރާތުގައި ރޭ ކުޅުނު މެޗުތައް ކާމިޔާބުކުރީ ޔުނައިޓަޑް އީސްޓް ކޯސްޓް، ޖޭކޭ ސްޕޯޓްސް ކްލަބް، ކްލަބް ކާސިންޖީ (ސީ.ކޭ)، ކުޑަ ހެންވޭރު ޔުނައިޓަޑް އަދި ކްލަބް އޯވަންއޯއެވެ.

އީސްޓް ކޯސްޓް ކުއާޓާ އަށް ދަތުރުކުރީ ރޭގެ ފުރަތަމަ މެޗުގައި ޓީސީ ފްރަޓާނެޓީ އަތުން މޮޅުވެގެނެވެ. ދެ ވަނަ މެޗުގައި ޒެފްރޯލް ގޯޅި އަތުން ޖޭކޭ މޮޅުވިއިރު، ތިން ވަނަ މެޗުގައި ބްރަދާހުޑް އަތުން ވިއެނާ ވަނީ މޮޅުވެފައެވެ.

ހަތަރު ވަނަ މެޗުގައި ސީކޭ ކާސިންޖިއަންސް އަތުން ކްލަބް ކާސިންޖީ މޮޅުވިއިރު، ކުޑަ ހެންވޭރު ކުއާޓާ އިން ޖާގަ ހޯދީ ފަސް ވަނަ މެޗުގައި ޓީނޭޖް ޖޫނިއާސް އަތުން މޮޅުވެގެނެވެ. ކްލަބް އޯވަންއޯ ކުއާޓާ އަށް ދަތުރުކުރީ ފަހު މެޗުގައި ޓީސީ ގޯޅި އަތުން މޮޅުވެގެނެވެ.

ގަދަ 16ގެ ފަހު ހަ މެޗު މިރޭ ނިމުމާ އެކު، މުބާރާތުގެ ކުއާޓާ ފައިނަލްގެ ޖާގަތައް ވަނީ ކަށަވަރުވެފައެވެ. މި މުބާރާތުގެ ގަދަ 16ގައި އާދިއްތަ ދުވަހުގެ ރޭ ކުޅުނު ދެ މެޗުން މޮޅުވެ ބުރު ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ވެސް ވަނީ ކުއާޓާ އިން ޖާގަ ހޯދައިފައެވެ.

މުބާރާތުގެ ކުއާޓާ ފައިނަލްގެ މެޗުތައް މާދަމާ ރޭ ކުޅޭނެއެވެ.

ބައިބަލާ ކުއާޓާ ފައިނަލްގެ މެޗުތައް:

ބުރު ސްޕޯޓްސް ކްލަބް - ވިއެނާ ސްޕޯޓްސް

ޓީސީ ސްޕޯޓްސް ކްލަބް - ކްލަބް ކާސިންޖީ

ޔުނައިޓަޑް އީސްޓް ކޯސްޓް - ކުޑަ ހެންވޭރު ޔުނައިޓަޑް

ޖޭކޭ ސްޕޯޓްސް ކްލަބް - ކްލަބް އޯވަންއޯ