Advertisement

ފެލިވަރުގެ މުވައްޒަފުންނަށް ވަޒީފާގެ ބިރު ދެއްކި މައްސަލަ ހުށަހަޅަން އީސީން އެދިއްޖެ

13 އޭޕްރީލް 2024 - 11:00 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ފެލިވަރުގެ މުވައްޒަފުންނަށް ވަޒީފާގެ ބިރު ދެއްކި މައްސަލަ ހުށަހަޅަން އީސީން އެދިއްޖެ

13 އޭޕްރީލް 2024 - 11:00 0

މިފްކޯގެ ޅ. ފެލިވަރު މަސްފެކްޓްރީގައި މަސައްކަތް ކުރާ އިދިކޮޅު ފަރާތްތަކުން ސަރުކާރު ކެންޑިޑޭޓަށް ވޯޓު ދިނުމަށް މަޖުބޫރު ކުރުވަން ހިންނަވަރު ދާއިރާގައި ބޭއްވި ޕީއެންސީގެ ޖަލްސާއެއްގައި ރޭ ގޮވައިލި މައްސަލަ ހުށަހަޅަން އިލެކްޝަންސް ކޮމިޝަނުން އެދިއްޖެ އެވެ.

ހިންނަވަރު ދާއިރާއަށް ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ވާދަކުރަނީ މުހައްމަދު އަބްދުއްރަހްމާން އެވެ.

ހިންނަވަރުގައި ބޭއްވި ޖަލްސާގައި ޕީއެންސީގެ ޕޯޑިއަމްގައި ވާހަކަ ދެއްކެވި އަހުމަދު އަބްދުއްރަހުމާން (ހަންޓާ އަހުމަދު) ބުނީ ފެލިވަރުގައި މަސައްކަތްކުރާ އިދިކޮޅު ފަރާތްތަކަށް ސަރުކާރުން ގުޅައިގެން އެއްބާރުލުން ދިނުމަށް އަންގަން ޖެހޭ ކަމަށާއި، އަދި އެއްބާރުލުން ނުދީފިނަމަ ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

އީސީގެ ރައީސް ފުއާދު ތައުފީގު އެކްސްގައި ލިއުއްވި ލިއުން


އެގޮތަށް އެކަން ނުކޮށްފިނަމަ ހިންނަވަރު ދާއިރާގެ ގޮނޑި ކާމިޔާބުކުރަން އުނދަގޫވާނެ ކަމަށާއި، މިނިސްޓަރުގެ އަރިހުން އެދެނީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ދަންނަވައިގެން ވިޔަސް ފެލިވަރުގައި މަސައްކަތް ކުރާ މީހުން ކޮންޓްރޯލް ކުރެވޭނެ ބާރެއް ކެންޑިޑޭޓަށް ދިނުމަށް ކަމަށް އަހުމަދު އަބްދުއްރަހުމާނު ބުންޏެވެ.

މިކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މައްސަލަ ނެޝަނަލް ކޮމްޕްލެއިންސް ބިއުރޯއަށް ހުށަހަޅައިގެން ކުރިއަށް ގެންދަން އެދޭ ކަމަށެވެ.