Advertisement

އިޒްރޭލާއި އިރާނަށް ދަތުރު ނުކުރަން ބައެއް ގައުމުތަކުން އެދިއްޖެ

13 އޭޕްރީލް 2024 - 05:53 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އިޒްރޭލުން ހަމަލާދިން ސީރިއާގައި ހުންނަ އިރާނުގެ ކޮންސިއުލޭޓު ސާފުކުރަނީ -- ފޮޓޯ: ރޮއިޓާސް


އިޒްރޭލާއި އިރާނަށް ދަތުރު ނުކުރަން ބައެއް ގައުމުތަކުން އެދިއްޖެ

13 އޭޕްރީލް 2024 - 05:53 0

އިޒްރޭލާއި އިރާނާ ދެމެދު ހަމަލާތައް ބަދަލުކޮށްފާނެތީ، ބައެއް ގައުމުތަކުން އެ ދެ ގައުމަށް ދަތުރު ނުކުރަން އެދިއްޖެ އެވެ.

އިޒްރޭލާއި އިރާނާ ދެމެދު ގުޅުން ގޯސްވެ ހަމަލާތައް ބަދަލުކޮށްފާނެ ކަމަށް ބެލެވިފައި ވަނީ އިޒްރޭލުން އޭޕްރީލް 1 ގައި ސީރިއާގައި ހުންނަ އިރާނުގެ ކޮންސިއުލޭޓަށް ދިން ހަމަލާއާ ގުޅިގެންނެވެ.

އެ ހަމަލާގައި އިރާނުގެ ދެ ޖެނެރަލުންނާއި ސިފައިންތަކެއް މަރުވެފައި ވާއިރު، އިރާނުން ވަނީ އިޒްރޭލަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު ދީފަ އެވެ. އަދި އިޒްރޭލުން ވަނީ ރައްދުގައި ހަމަލާ ދޭނެ ކަމުގެ އިންޒާރު ދީފަ އެވެ.

މިކަމާ ގުޅިގެން ފްރާންސް، އިންޑިއާ، ރަޝިއާ، ޕޮލެންޑް، އިނގިރޭސިވިލާތް އަދި އެމެރިކާއިން ވަނީ އެ ގައުމުގެ ރައްޔިތުން އިރާން އަދި ފަލަސްތީނަށް ދަތުރު ނުކުރަން އެދިފަ އެވެ.

ފްރާންސްގެ ފޮރިން މިނިސްޓްރީން ބުނީ އެ ގައުމުގެ ރައްޔިތުން އިރާން، ލެބަނާން، އިޒްރާއިލް އަދި ފަލަސްތީނަށް ނުދިޔުމަށް އަންގާ ކަމަށެވެ. އަދި ރަޝިއާއިން ވެސް ވަނީ އެ ގޮތަށް އެދިފަ އެވެ.

ޕޮލެންޑުން އެ ގައުމުގެ ރައްޔިތުން ކިބައިން އެދިފައި ވަނީ އިޒްރޭލު، ފަލަސްތީން އަދި ލެބަނާނަށް ދަތުރު ނުކުރުމަށެވެ. އަދި އިންޑިއާއިން އެދިފައި ވަނީ އިރާނާއި އިޒްރޭލަށް ދަތުރު ނުކުރުމަށެވެ.

އިރާނުން އިޒްރޭލަށް ހަމަލާ ދީފަނެކަމުގެ ބިރު އޮތް ކަމަށް އެމެރިކާއިން ވަނި ބުނެފަ އެވެ. އެގޮތުން އެމެރިކާއިން އަންނަނީ އެފަދަ ހަމަލާއެއް ނުދިނުމަށް އިރާނުގައި އެދިފަ އެވެ.

އިރާނުން އިޒްރޭލަށް ހަމަލާދޭން ތައްޔާރުވަމުން އަންނައިރު، އިޒްރޭލުން އަންނަނީ އޮކްޓޫބަރު، 7 އިން ފެށިގެން ފަލަސްތީނަށް މެދުނުކެނޑި ހަމަލާދެމުންނެވެ.

އެ ހަމަލާތަކުގައި މިހާތަނަށް 33،600 ފަލަސްތީނު މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި ގިނައީ ކަމާ ނުބެހޭ ކުޑަކުދިންނާއި އަންހެނުންނެވެ.