Advertisement

މަޖިލީހުގެ އެއްބާރުލުން ނުލިބޭ ކަމަށް ވިދާޅުވާތީ އަސްލަމްގެ ފާޑުކިޔުން ރައީސް މުއިއްޒަށް

12 އޭޕްރީލް 2024 - 23:58 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ރިޔާސީ ބަޔާން އިއްވުމަށް ބޭއްވި ޖަލްސާ އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގެންނެވިއިރު، ރައީސް އަސްލަމް ރައީސްގެ އަރިހުގައި.


މަޖިލީހުގެ އެއްބާރުލުން ނުލިބޭ ކަމަށް ވިދާޅުވާތީ އަސްލަމްގެ ފާޑުކިޔުން ރައީސް މުއިއްޒަށް

12 އޭޕްރީލް 2024 - 23:58 0

މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުން، ސަރުކާރަށް އެއްބާރުލުން ނުދޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަކުރާރުކޮށް ވިދާޅުވަމުން ދާތީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އައްޑޫ ސިޓީގެ ގޮނޑިތަކަށް އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓުންނަށް ތާއިދު ހޯދަން ހިތަދޫގައި މިރޭ ބޭއްވި ޖަލްސާގައި އަސްލަމް ވިދާޅުވީ މި އަހަރުގެ ބަޖެޓު ފާސްކުރުމާއި ތިން މިނިސްޓަރެއް ފިޔަވައި އެހެން މިނިސްޓަރުންނަށް ރުހުން ދިނުމާއި އާ ސަރުކާރާއެކު މުހިއްމު ބައެއް ކަންނަން ނިންމުމަށް މިދިޔަ އަހަރުގެ ފަހު ދައުރުގެ ޖަލްސާތައް ދައްމައިލި ކަމަށެވެ.

"އަދި އޭގެ އިތުރަށް ރައީސް މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އެ މަނިކުފާނުގެ ޖާހަށްޓަކައި އެ މަނިކުފާނުގެ ޝަރަފަށްޓަކައި އެ މަނިކުފާނު ބޭނުންވިހާ ގޮތަކަށް މަޖިލީހުން ބޭރުގައި 22 މިލިއަން ހަރަދުކޮށްގެން އެ މަނިކުފާނު ބެނުންވާހާ ގޮތަށް އިންތިޒާމުކޮށް ދިނިން،" އަސްލަމް ވިދާޅުވި އެވެ.

"ކޮން ކަމެއް ނުކޮށްގެން ކޮން ކަމެއްގެ ވާހަކައެއްތޯ އެ ދައްކަވަނީ."

ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާއަށް ރައީސް މުއިއްޒު މަޖިލީހުގެ ވަޑައިގަތުމުން މަޖިލީހުގެ އިދާރާއިން އެ މަނިކުފާނަށް ފުރިހަމައަށް މެހުމާނުދާރީ އަދާކުރި ކަމަށް އަސްލަމް ވިދާޅުވި އެވެ. ނަމަވެސް އެ ޖަލްސާގައި ބައިވެރި ނުވުމަށް އެމްޑީޕީން ނިންމާފައި އޮތް ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

މިހާރު މި ހިނގާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި 130 ގާނޫނު ފާސްކޮށްފައިވާނެ ކަމަށާއި އެއީ މިހާރު ހުރި ޖުމުލަ 466 ގާނޫނުގެ 30 ޕަސެންޓު ކަމަށް އަސްލަމް ވިދާޅުވި އެވެ.

މަޖިލީހުގައި ހުރި މުހިންމު ބިލްތައް އަނބުރާ މި ސަރުކާރުން ނެގުމަށް ފަހު ހުށަހެޅުން އަވަސް ކުރަން ނޫޅޭ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.