Advertisement

ކްލޮޕް ބޭނުމީ ޓިކެޓް މައްސަލައިގައި ސަޕޯޓަރުންނަށް ރަނގަޅު ހައްލެއް

11 އޭޕްރީލް 2024 - 11:37 0


ކްލޮޕް ބޭނުމީ ޓިކެޓް މައްސަލައިގައި ސަޕޯޓަރުންނަށް ރަނގަޅު ހައްލެއް

11 އޭޕްރީލް 2024 - 11:37 0

ލިވަޕޫލް (އޭޕްރީލް 11) - ލިވަޕޫލްގެ މެނޭޖްމަންޓުން އަންނަ ސީޒަނުގެ ޓިކެޓްގެ އަގުބޮޑުކުރަން ނިންމުމާ އެކު، އެކަމާ ހިތްހަމަނުޖެހި އެ ކްލަބްގެ ސަޕޯޓަރުންގެ ގްރޫޕުން އެކި ކަހަލަ ކަންކަން ރާވަމުން އަންނައިރު، މި ކަމުގައި ސަޕޯޓަރުންނަށް ރަނގަޅު ހައްލެއް ލިބުމަށް އެދޭ ކަމަށް އެ ޓީމުގެ ކޯޗު، ޔާގަން ކްލޮޕް ބުނެފި އެވެ.

ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގައި މިރޭ އެޓަަލަންޓާއާ ދެކޮޅަށް ލިވަޕޫލުން އަމިއްލަ ދަނޑުގައި ކުޅޭ މެޗަށް ނުކުންނައިރު، އެ ޓީމުގެ ސަޕޯޓަރުން ޓީމަށް ހިތްވަރުދޭން ބޭނުންކުރާ ދިދަތައް ދަނޑަށް ނުގެންދަން ވަނީ ނިންމައިފަ އެވެ.

އެއީ، އަންނަ ސީޒަނުގެ ޓިކެޓް، ދެ ޕަސެންޓް އަގުބޮޑުކުރަން އެ ކްލަބްގެ ވެރިން ނިންމި ނިންމުމާ މެދު ހިތްހަމަނުޖެހޭކަން އަންގައި، ޝުއޫރުފާޅުކުރުމުގެ ގޮތުންނެވެ.

އެކަމާ ބެހޭގޮތުން، ކްލޮޕް ގާތުގައި ނޫސްވެރިން ސުވާލުކުރުމުން ދިން ޖަވާބަކީ، މީގެ ސަޕޯޓަރުން އެދޭ، ކްލަބަށް އެންމެ ރަނގަޅު ހައްލެއް ގެންނަން ޖެހޭ ކަމަށެވެ.

"ދެން، ސަޕޯޓަރުން ޓީމުގެ ފަހަތުގައި ތިއްބަސް، އެއީ ވެސް އަހަންނަށް ފުދޭނެ ވަރެއް،" ކްލޮޕް ބުންޏެވެ.

"އެކަމަކު، މީގެ އެންމެ ރަނގަޅު ގޮތަކީ، ސަޕޯޓަރުންނާއި ޓީމު ގުޅުވާލެވިފައި އޮންނާނެ ފަދަ ހައްލެއް ހޯދައިގެން ކުރިއަށް ދިއުން، އުންމީދަކީ، މި ކަންކަން ރަނގަޅުވާން ނަގާ މުއްދަތުގައި، މީގެ އަސަރު ޓީމަށް ނުކުރުން،"

ޕްރިމިއާ ލީގުގެ ޓީވީ ރައިޓްސް ޑީލުތަކުގެ އާމްދަނީ އަށް ވެއްޓުމެއް އަންނަ ސީޒަނުން ފެށިގެން އަންނާތީވެ، ކްލަބްތަކުން އެ ބައި ސަލާމަތްކުރަން، އަންނަނީ ކޮންމެ ވެސް ވަރަކަށް ޓިކެޓްގެ އަގު މައްޗަށް ޖައްސަމުންނެވެ. އެކަމާ ގިނަ ޓީމުތަކެއްގެ ސަޕޯޓަރުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.