Advertisement

ހޯރަފުށީ ކުޑަކުދިންގެ ރެޒިޑެންޝަލް ޓްރީޓްމަންޓް ސެންޓަރަށް މުވައްޒަފުން ހޯދަނީ

8 އޭޕްރީލް 2024 - 17:28 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ހއ. ހޯރަފުށިން މަތިން ނަގާފައިވާ ފޮޓޯއެއް: ހޯރަފުށި ކުޑަކުދިން ރެޒިޑެންޝިއަލް ސެންޓަރަށް މުވައްޒަފުން ހޯދަން އިއުލާންކޮށްފި - ފޮޓޯ: ހަސަން ސާޖިން، ޒުވާން މަސްވެރިޔާ


ހޯރަފުށީ ކުޑަކުދިންގެ ރެޒިޑެންޝަލް ޓްރީޓްމަންޓް ސެންޓަރަށް މުވައްޒަފުން ހޯދަނީ

8 އޭޕްރީލް 2024 - 17:28 0

ހއ. ހޯރަފުށީގައި ހުންނަ ކުޑަކުދިންގެ ޓްރީޓްމަންޓް ރެޒިޑެންޝަލް ޓްރީޓްމަންޓް ސެންޓަރަށް މުވައްޒަފުން ހޯދަން އިއުލާންކޮށްފި އެވެ.

ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް ސިސްޓަމް އިން އިއްޔެއާއި މިއަދު ކުރި އިއުލާންތަކުގައިވާ ގޮތުން، އެ ތަނަށް ހޯދަނީ ވަގުތީ މުވައްޒަފުންގެ ގޮތުގައި ނުވަ މުވައްޒަފަކެވެ.

އެ ތަނަށް ހޯދަނީ ސީނިއާ ޖުވެނައިލް ޖަސްޓިސް އޮފިސަރު، އެސިސްޓެންޓް ކައުންސެލާ، ޕްރޮގްރާމް އޮފިސަރު، ޓެކްނިކަލް ޑިރެކްޓަރުގެ އިތުރުން އެޑްމިނިސްޓްރޭޓިވް އޮފިސަރު، ކައްކާ، ޗައިލްޑް ކެއާ އެޓެންޑެންޓް، ސެކިއުރިޓީ އޮފިސަރު، އަދި މަސައްކަތު މީހެކެވެ.

އެ މަގާމުތަކަށް މި މަހުގެ 18 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ކުރިމަތިލެވޭނެ އެވެ.

ކުޑަކުދިންގެ ޖިނާއީ އަދުލުގެ ގާނޫނު ބުނާ ގޮތުން ކުށުގެ ވެށީގައި އުޅޭ ކުދިންނާއި ކުށަށް ހުށަހެޅުމުގެ ފުރުސަތު އޮތް ކުދިންނަށް ފަރުވާ ދީ ދައުލަތުން ބަލަހައްޓަން ޖެހެ އެވެ. ކުޑަކުދިންގެ ރެޒިޑެންޝަލް ޓްރީޓްމަންޓް ސެންޓަރަކީ އެ ކަމަށް ތައްޔާރުކޮށްފައިވާ ތަނެކެވެ.

މި ތަނަށް ބޭނުންވާ މުވައްޒަފުން ހޯދަން ފަށާފައި މި ވަނީ އއ. ރަސްދޫ މިސްކިތެއްގެ ތެރޭގައި ކުޑަކުއްޖަކަށް، އެހެން ދެ ކުޑަކުދިން ގޮސް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެ އާންމުންގެ ކަންބޮޑުވުން ބޮޑުވެފައި ވަނިކޮށެވެ.

އެކަމާ ގުޅިގެން، ކަމާ ގުޅުން ހުރި މިނިސްޓްރީތަކާއި މުއައްސަސާތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ދ. ކުޑަހުވަދޫގައި ޓްރީޓްމަންޓް ސެންޓަރު ހިންގުމުގެ ބަދަލުގައި، ދެވަނަ މަރުހަލާއަކަށް އޮންނަ ހާފްވޭ ހައުސްގައި އެ ތަން ހުޅުވަން ނިންމާފައިވާ ކަމަށެވެ.