Advertisement

އިލާލާއިން ސްޓޮކް އާކޮށްފި، އީދު ހެދުން ގަނެލަން ދޭ

7 އޭޕްރީލް 2024 - 08:18 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ލޮނުޒިޔާރަތް މަގުގައި ހުންނަ އިލާލާ ފިހާރަ -- ފޮޓޯ: އިޔާދު އަބްދުލް ވައްހާބް / އަދަދު


އިލާލާއިން ސްޓޮކް އާކޮށްފި، އީދު ހެދުން ގަނެލަން ދޭ

7 އޭޕްރީލް 2024 - 08:18 0

ރާއްޖޭގައި ފެޝަންގެ ބާވަތްތައް ވިއްކުމުގައި އެންމެ މަޝްހޫރު އެއް ފިހާރަ، އިލާލާއިން ސްޓޮކް އާކޮށް، ކުރިއަށް އޮތް ފިތުރު އީދަށް ތައްޔާރުވެއްޖެ އެވެ.

އިލާލާގެ އެއް ޕާޓްނަރު އަޝްޖައު ޝަހީދު "އަދަދު" އަށް ވިދާޅުވީ އީދު ކުރުތާ، ޖިންސް އަދި ގަމީހުގެ އިތުރުން ސޯޓުގެ ސްޓޮކް އާކޮށްފައިވާ ކަމަށާއި، އަތްފޯރާ ފަށުގައި ތަކެތި ލިބޭނެ ކަމަށެވެ.

އިލާލާއިން ކޮންމެ ރޯދަ މަހެއް ނިންމުމަށްފަހު، އީދަށް ސްޓޮކް އާކުރެ އެވެ. އެގޮތުން މިފަހަރު ވެސް ވަނީ އެހެން އަހަރުތަކެކޭ އެއްގޮތަށް ސޭލްއެއް ވެސް އަޅުވައިފަ އެވެ.

ރޯދަ މަސް ނިމެންދެން އިލާލާއިން ކުރިއަށް ގެންދާ އީދު ސޭލްގެ ދަށުން، އިލާލާގެ އަމިއްލަ މަރުކާ، "ކައުރީ"ގެ ހުރިހާ ޕްރޮޑަކްޓަކުން 30 ޕަސަންޓުގެ ޑިސްކައުންޓު ލިބޭނެ އެވެ.

އިލާލާއިން ވިއްކާ ބައެއް ޕްރޮޑަކްޓްސްތައް -- ފޮޓޯ: އިޔާދު އަބްދުލް ވައްހާބް / އަދަދު


އިލާލާއިން އަންނަނީ ކައުރީ ބްރޭންޑުގެ ގަމީހާއި، ޓީޝާޓާއި، ސޯޓާއި، ކެޕް، ފިނިކަމާއި ހޫނުކަން ގިނަ އިރުތަކެއް ވަންދެން ހިފަހައްޓާ ފުޅި އަދި ވޮލެޓު ވެސް ވިއްކަމުންނެވެ.

އިލާލާ އަކީ ކުއިކް ސިލްވާ، ވޮލްކޮމް، ހާލޭގެ އިތުރުން ނަން މަޝްހޫރު އެހެން ބްރޭންޑްތަކުގެ ކެޝުއަލް ގަމީހާއި ޓީޝާޓާއި ކުރުތާގެ އެކި ކުލަތަކާއި ސައިޒުތަކާއި ގިނަ ޑިޒައިންތައް ވިއްކުމުގައި އެންމެ މަގުބޫލު އެއް ފިހާރަ އެވެ.

އެކި ބްރޭންޑްތަކުގެ ޖީންސާއި، ފަހުގެ ފަޓުލޫނު، އައިނު، ތޮފި، ފައިވާން، ބޮކްސާ، އަދި ސޯޓް ވެސް އެ ފިހާރައިން ލިބެން އެބަ ހުއްޓެވެ.