Advertisement

އިލާލާއިން އީދާ ދިމާކޮށް ކައުރީ ބްރޭންޑުގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި

31 މާރިޗު 2024 - 13:42 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ލޮނުޒިޔާރަތް މަގުގައި ހުންނަ އިލާލާ ފިހާރަ -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


އިލާލާއިން އީދާ ދިމާކޮށް ކައުރީ ބްރޭންޑުގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި

31 މާރިޗު 2024 - 13:42 0

ތަފާތު ބްރޭންޑްތަކުގެ އަންނައުނު ވިއްކަމުންދާ އިލާލާއިން އީދާ ދިމާކޮށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އިލާލާއިން ބުނީ، ރޯދަ މަސް ނިމެންދެން ކުރިއަށްދާ މި ޕްރޮމޯޝަންގެ ދަށުން އެ ފިހާރައިން ވިއްކާ ކައުރީ ބްރޭންޑުގެ ހުރިހާ ޕްރޮޑަކްޓަކުން 30 ޕަސަންޓުގެ ޑިސްކައުންޓެއް ލިބޭނެ ކަމަށެވެ.

އިލާލާއިން އަންނަނީ ކައުރީ ބްރޭންޑުގެ ގަމީހާއި، ޓީޝާޓާއި، ސޯޓާއި، ކެޕް، ފިނިކަމާއި ހޫނުކަން ގިނަ އިރުތަކެއް ވަންދެން ހިފަހައްޓާ ފުޅި އަދި ވޮލެޓު ވެސް ވިއްކަމުންނެވެ.

އިލާލާއިން ވިއްކާ ކައުރީ ފުޅި -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


އިލާލާ އަކީ ކުއިކް ސިލްވާ، ވޮލްކޮމް، ހާލޭގެ އިތުރުން ނަން މަޝްހޫރު އެހެން ބްރޭންޑްތަކުގެ ކެޝުއަލް ގަމީހާއި ޓީޝާޓާއި ކުރުތާގެ އެކި ކުލަތަކާއި ސައިޒުތަކާއި ގިނަ ޑިޒައިންތައް ވިއްކުމުގައި އެންމެ މަގުބޫލު އެއް ފިހާރަ އެވެ.

އެކި ބްރޭންޑްތަކުގެ ޖީންސާއި، ފަހުގެ ފަޓުލޫނު، އައިނު، ތޮފި، ފައިވާން، ބޮކްސާ، އަދި ސޯޓް ވެސް އެ ފިހާރައިން ލިބެން އެބަ ހުއްޓެވެ.