Advertisement

ބަދަލު ނުވި ސަގާފަތުގައި ހިފުމަށް ދާންވީ އިލާލާއަށް

19 އޭޕްރީލް 2023 - 21:44 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އިލާލާ ފިހާރަ


ބަދަލު ނުވި ސަގާފަތުގައި ހިފުމަށް ދާންވީ އިލާލާއަށް

19 އޭޕްރީލް 2023 - 21:44 0

އީދަށް ނަލަވެލައި ހެދުން އާކޮށްލުމަކީ އެންމެ އިހު ޒަމާނުއްސުރެ ވެސް ދިވެހީން ކުރަމުން އައި، ދިވެހީންގެ ސަގާފީ ކަމެކޭ ބުނުން އެއީ ދޮގަކަށް ނުވާނެ އެވެ. ރަމަޟާން މަހުގެ އަޅުކަން ނިމުމުގެ ގޮތުން ފާހަގަ ކުރާ ކުޑަ އީދަކީ އެއީ އެތައް ގޮތަކުން ދިވެހީންނަށް ހާއްސަ ދުވަހެކެވެ.

އިހުގައި ނަމަ، ބޮޑެތި ކޭންތައް ކެއްކުމާއި އަވައްޓެރިންނާއި އާއިލާތައް އެކުވެ އެއް ސުފުރާ މަތީން ބައްދަލުކޮށް ކައި ހަދާ ދުވަހެކެވެ. މިހާރަށް ބަލާ ނަމަ، ވަޒީފާގެ މާހައުލުން އެއްކިބާވެލައި އާއިލާއާއި ރަހުމަތްތެރިންނާ އެކު ވަގުތު ހޭދަކޮށްލާ އުފާވެރި ދުވަހެކެވެ.

ޒަމާނާ އެކު ދިވެހިންގެ އާދަކާދައަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އައިސްފައި ވީނަމަވެސް އީދަށް ރީތިވެލައި ތިއްތި ވެލުމުގެ އާދަ ހަމަ އެގޮތުގައި ދެމި އެބައޮތެވެ. މި އަހަރުގެ އީދަށް ރީތި ހެދުމެއް ގަތުމަށް މިހާރުވެސް ބައެއް މީހުން މަގުތައް މައްޗަށް ނުކުމެފައި ވާއިރު، ރާއްޖޭގައި އެންމެ ޒަމާނީ ހެދުން ވިއްކާ އެއް ފިހާރަ، އިލާލާއިން ވަނީ އީދަށް ހާއްސަކޮށް އެ ފިހާރައިގެ އަމިއްލަ ބުރޭންޑު، ކައުރީގެ ހާއްސަ 45 ޑިޒައިނެއްގެ ގަމީސް ތައާރަފުކޮށްފަ އެވެ.

އޭގެއިތުރުން ދިވެހީން އެންމެ ގަޔާވާ ޕްލޭން ޓީޝާޓާއި ގަމީސް ވެސް މަދު ނުވާވަރަށް އެކި ކުލަކުލައިން އެ ފިހާރައިގައި އެބަ ހުއްޓެވެ. ދުނިޔޭގެ ނަން މަޝްހޫރު ބުރޭންޑުތައް ކަމަށްވާ، ލިވައިސްގެ ސްޓްރެއިޓު ކަޓާއި ސްލިމްކަޓުގެ އިތުރުން ޒާރާ އަދި ޒުވާނުންގެ ޓީބީވައި ގެ އެކި ކުލަތަކާއި ޝޭޑުތައް ވެސް އިލާލާއިން ވަނީ އީދަށް ހާއްސަކޮށް އެ ފިހާރައިގެ ހަރުތަކަށް ނެރެފަ އެވެ.


ކުޑަ އީދަކީ ފެނާ ގުޅިފައި އޮންނަ ދުވަހެއް ކަމުން، މޫދަށް އެރިލައި، ފެންކުޅި ކުޅެލައި ހަދާލަން ބޭނުންވާ ކުދިންނަށް ވެސް އެންމެ ކަމުދާނެ، ކައުރީ ބޯޑު ސޯޓާއި އެކި ސާފް ބުރޭންޑުތަކުގެ ޓީޝާޓާއި އެކު ރީތި ތޮފި ވެސް އިލާލާގައި އެބަ ހުއްޓެވެ.

ޒަމާނީ ކުލަތަކަށް ހިތް ލެނބިފައިވާ ޒުވާނުންނަށް ހަމަ ޔަގީނުން ވެސް އީދަށް ވިޔަފާރިކޮށްލަން އިލާލާގެ ހަރުތައް ކަމުދާނެ އެވެ. އިލާލާ އަކީ މިވަގުތު ރާއްޖޭގައި ހިންގާ ތަފާތު އެކި ވައްތަރުގެ ހެދުމުގެ ވިޔަފާރިތަކުގެ ތެރެއިން އެއްވަނައޭ ބުނުން އެއީ ދޮގަކަށް ނުވާނެ އެވެ.

އިލާލާގެ ތިން ފިހާރައެއް މާލެ ސަރަހައްދުގައި ހިންގަ އެވެ. އެއީ ލޮނުޒިޔާރަތް މަގު، ވީބީ މާޓު ކައިރީގައި ހުންނަ ފިހާރައާއި ހުޅުމާލޭގައި ހުންނަ އިލާލާ ސްޓައިލް އަދި މާލޭ ގުރޭންޑު ކުރިމަތީ ގޯޅީގައި ހުންނަ އިލާލާ ސެންޓުރަލް އެވެ.

އިލާލާއިން ވިޔަފާރި ކޮށްލަން އެދޭ ފަރާތްތަކަށް އެ ފިހާރައިގެ ވައިބާ/ވަޓްސްއެޕް ނަންބަރު، 9677830 އަށް މެސެޖުކޮށްލައިގެން އިތުރު މައުލޫމާތު ހޯދާލެވޭނެ އެވެ.