Advertisement

ސަރުކާރު ކެންޑިޑޭޓަށް ތާއީދު ނުކުރާތީ ސްޓެލްކޯ މުވައްޒަފަކު އެހެން ރަށަކަށް ފޮނުވާލައިފި

6 އޭޕްރީލް 2024 - 19:01 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ސަރުކާރު ކެންޑިޑޭޓަށް ތާއީދު ނުކުރާތީ ސްޓެލްކޯ މުވައްޒަފަކު އެހެން ރަށަކަށް ފޮނުވާލައިފި

6 އޭޕްރީލް 2024 - 19:01 1

ސަރުކާރު ކެންޑިޑޭޓަށް ތާއީދު ނުކުރާތީ ސްޓެލްކޯގެ މުވައްޒަފަކު އޭނާ ވަޒީފާ އަދާކުރަމުންދިޔަ ރަށް ނޫން މާ ދުރު ރަށަކަށް ފޮނުވާލައިފި އެވެ.

މިދިޔަ ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވަކި ކެންޑިޑޭޓަކަށް ތާއިދު ނުކޮށްގެން މާދުރު ރަށަކަށް ފޮނުވާލީ ސިޔާސީ މަގުސަދެއްގައި ކަމަށެވެ.

ވ. ފެލިދޫގެ ސްޓެލްކޯ ސްޓޭޝަން މެނޭޖަރަކަށް މަސައްކަތް ކުރި އިބްރާހިމް މުނާޒް މިދިޔަ ރިޔާސީ އިންތިހާބު ނިމުނުތަނާ ޓެކްނިކަލް ސްޓާފަކަށް ބަދަލުކުރި ކަމަށާއި އޭނާއަށް ތާއީދު ކުރުމުން މިހާރު އދ. މަންދޫ އަށް ފޮނުވާލަން ޗިޓު ހަވާލު ކޮށްފައިވާ ކަމަށް އަލީ ޒާހިރު ވިދާޅުވި އެވެ.

"ޓެކްނިކަލް ސްޓާފެއްގެ ގޮތުގައި ހުއްޓާ ވަކި ކެނޑިޑޭޓަކަށް ތާއިދު ނުކޮށްގެން މާދުރު ރަށަކަށް ފޮނުވާލީ. 2018 ގެ ރިޔާސީ އިންތިހާބަށް ފެނަކަ ތެރޭގައި ކުޅުނުކަހަލަ ކުޅިވަރެއް ކުޅެނީ," އަލީ ޒާހިރު ވިދާޅުވި އެވެ.

އަލީ ޒާހިރު ވިދާޅުވީ މުނާޒްގެ ފަރާތުން މަސައްކަތަށް ފަރުވާ ކުޑަ ކަމުގެ އެއްވެސް ރެކޯޑެއް ނެތް ކަމަށާއި ޑިއުޓީ ގަޑީގައި ވެސް އެއްވެސް އިތުރު ހަރަކާތެއްގައި ބައިވެރިނުވާ ކަމަށެވެ.

މިގޮތަށް ކަންތައް ކޮށްގެން ރައްޔިތުންގެ ލޯބި ލިބޭނެ ކަމަށް ހީކުރުމަކީ މޮޔަ ކަމެއްކަން ފާހަގަކޮށް އަލީ ޒާހިރު ވިދާޅުވީ އެއީ ބައެއް ކެންޑިޑޭޓުން ގޮތް ހުސްވެފައިވާކަމުގެ އަލާމާތެއް ކަމަށެވެ.