Advertisement

ނޯޓް ކޮސްމެޓިކްސްގެ ދުވުން: ރަޖިސްޓްރީވާން ކުރަން ޖެހެނީ ކުޑަ މަސައްކަތެއް

29 މާރިޗު 2024 - 14:09 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ނޯޓް ކޮސްމެޓިކްސްގެ ދުވުން: ރަޖިސްޓްރީވާން ކުރަން ޖެހެނީ ކުޑަ މަސައްކަތެއް

29 މާރިޗު 2024 - 14:09 0

ނޯޓް ކޮސްމެޓިކް މޯލްޑިވްސްއިން އެޕްރިލް 26، ގައި ބާއްވާ ދުވުމުގައި ރަޖިސްޓްރީވާން ކުރަން ޖެހެނީ ވަރަށް ކުޑަ މަސައްކަތެކެވެ.

އައިރަނާސްއިން އިންތިޒާމުކުރާ މި ދުވުމުގައި ހިމެނެނީ ފަސް ކިލޯ މީޓަރު ދުވުމާއި އަންހެނުންނަށް ހާއްސަ އެއް މޭލްގެ ދުވުން އަދި 12 އަހަރުން ދަށުގެ ދެ ޖިންސްގެ ކުޑަކުދިންނަށް ހާއްސަކޮށް އެއް މޭލުގެ ދުވުމެވެ.

ދުވުމުގައި ރަޖިސްޓްރީ ކުރާނެ ގޮތް:

  1. އައިރަނާސްގެ ވެބްސައިޓުގައި އެކައުންޓެއް ހުޅުވުން
  2. ނޯޓް ރަން ސެލެކްޓްކޮށް ރަޖިސްޓްރީކުރުން
  3. ބައިވެރިވާ ފަރާތުގެ މައުލޫމާތު ހިމެނުން
  4. ޓީޝާޓް ސައިޒު ސެލެކްޓްކުރުން
  5. ބޭނުންވާ ކެޓަގަރީއެއް ސެލެކްޓްކުރުން
  6. ރަޖިސްޓްރޭޝަނަށް ފައިސާ ދައްކައި ރަޖިސްޓްރޭޝަން ނިންމުން

އެ ދުވުމުގެ މަގުސަދަކީ އަންހެނުން ބާރުވެރި ކުރުވައި ކެންސަރު ޖެހިފައިވާ ފަރާތްތަކަށް ހިތްވަރު ދިނުމުމެވެ.

އެ ދުވުމުގެ ބައިވެރިންނަށް މެޑަލް ދިނުމުގެ އިތުރުން ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ލިބެ އެވެ. އެގޮތުން ލަކީޑްރޯއިން ހޮވޭ ފަރާތަށް ތުރުކީގެ ދެކޮޅު ޓިކެޓެ ދޭނެ އެވެ.

މީގެ އިތުރުން ދުވުމުގައި ބައިވެރިވާ 500 ފަރާތަކަށް ނޯޓުން ގިފްޓު ޕެކެއް ވެސް ދޭނެ އެވެ.