ޗައިނާގެ ރިސާޗު އުޅަނދު އެތައް ފަހަރެއްގެ މަތިން ރާއްޖޭގެ އީއީޒެޑުގެ ތެރެއަށް ވަދެއްޖެ!

ޗައިނާގެ އުޅަނދު ޝިއެން ޔެން ހޮން 3 މާލޭގައި ބަނދަރުކޮށްފައި - ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ޗައިނާގެ އުޅަނދު ޝިއެން ޔެން ހޮން 3 މާލޭގައި ބަނދަރުކޮށްފައި - ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ފާއިތުވު މަސްދުވަހުގެ ތެރޭގައި ޗައިނާގެ ރިސާޗު އުޅަނދު, ޝިއެން ޔެން ހޮން 3, ރާއްޖޭގެ އެކްސްކްލޫޒިވް އިކޮނޮމިކް ޒޯނުގެ އެތެރެއަށް ވަދެފައިވާކަން ހާމަވެއްޖެ އެވެ.

ޗައިނާގެ އުޅަނދު ރާއްޖެ ކައިރިއަށް އައީ ޖެނުއަރީ 29، 2024 ގަ އެވެ. އެ އުޅަނދު މާލޭގައި ބަނދަރުކުރަން ފުރަތަމަ ތާވަލުކުރީ އެ ދުވަހު އެވެ. ނަމަވެސް މާލޭގައި އެ އުޅަނދު ބަނދަކުރީ ރާއްޖޭގެ އީއީޒެޑުގެ ބުޑުގައި މަހެއްހާ ދުވަހު ދުއްވުމަށްފަހު ފެބްރުއައީ 22، ގަ އެވެ.

މީޑިއާ ރިޕޯޓުތަކަށްފަހު މި އުޅަނދު ރާއްޖެއަށް އަންނަކަން ފޮރިން މިނިސްޓްރީން ކަށަވަރުކޮށްދިނެވެ. އޭރު ނެރުނު ބަޔާނެއްގައި ބުނީ ދިރާސާ ކުރާ ޗައިނާގެ އުޅަނދެއް ރާއްޖެ އަންނަނީ ކުރޫއިން ބަދަލު ކުރުމާއި ސްޓޮކު އައު ކުރުމަށް ކަމަށެވެ. ބެލެވޭ ގޮތުގައި ތިލަފުށްޓަށް ބަނދަރުކުރީ މި ބޭނުމުގަ އެވެ.

ފެބްރުއަރީ 23، ގައި ޗައިނާގެ އުޅަނދު ތިލަފުށީގައި ބަނދަރުކުރުމަށްފަހު އަނެއްކާވެސް އެ އުޅަނދު ވަނީ ރާއްޖޭގެ އީއީޒެޑު ބުޑަށް ގޮސްފަ އެވެ. މާލޭ ބަނދަރުން ފުރި ނަމަވެސް އާންމުކޮށް ބޭނުންކުރާ ޓްރެކިން ސައިޓުތަކުން އެ އުޅަނދުގެ ސިގްނަލެއް އެންމެ ފަހުން ދައްކަނީ ފެބްރުއަރީ 26، ގައި ހުޅުމާލެ ކައިރިންނެވެ.

ޗައިނާގެ ރިސާޗު އުޅަނދު މިހާރު އޮތް ސަރަހައްދު - ވެސަލް ފައިންޑާ
ޗައިނާގެ ރިސާޗު އުޅަނދު މިހާރު އޮތް ސަރަހައްދު - ވެސަލް ފައިންޑާ

ޗައިނާގެ ރިސާޗު އުޅަނދު މިހާރު އޮތް ސަރަހައްދު - ވެސަލް ފައިންޑާ

ސެޓްލައިޓު އޭއައިއެސް ޓްރެކިން ބޭނުންކޮށްގެން "އަދަދު" އިން އިތުރަށް ހޯދި ހޯދުމުން ފެންނަ ގޮތުގައި ޗައިނާގެ އުޅަނދު މިހާރު އޮތީ ރާއްޖޭގެ އިރުން އީއީޒެޑު ބުޑުގަ އެވެ.

މިގޮތަށް އެއްކުރި މައުލޫމާތު ތަކުން ދައްކާ ގޮތުގައި ވޭތުވެދިޔަ މަސްދުވަހުގެ ތެރޭގައި ޗައިނާގެ އުޅަނދު ވަނީ އެކި ފަހަރު މަތިން ރާއްޖޭގެ އީއީޒެޑުގެ ތެރޭގައި ދުއްވާފަ އެވެ. އެގޮތުން އައްޑޫގެ އިރު ދެކުނުން އެތައް މޭލެއް އެތެރެއަށް ޗައިނާގެ އުޅަނދު ވަނީ ވަދެފަ އެވެ. އެ އުޅަނދުގެ މިސްރާބު މިހާރުވެސް ހުރީ ރާއްޖޭގެ ސަރަހައްދާ ދިމާލަށެވެ.

ޗައިނާގައި މިހާރު އޮތް އެންމެ ޒަމާނީ ރިސާޗު އުޅަނދު ރާއްޖެއަށް ދަތުރު ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރު ނިންމަވާލެއްވިތާ 24 ގަޑިއިރު ފަހުން، ޖެނުއަރީ 14، 2024 ގަ އެވެ.

ރައީސްގެ އެ ދަތުރުގައި ޗައިނާއާއެކު ޖުމްލަ 20 އެއްބަސްވުމެއްގައި ސޮއިކުރި އެވެ. އެއަށްފަހު މި މަހުގެ ހަތަރެއްގައި އެ ގައުމާއެކު އަސްކަރީ އެއްބަސްވުމެއްގައިވެސް ރާއްޖެއިން ސޮއިކޮށްފައިވެ އެވެ. ނަމަވެސް މި އެއްބަސްވުންތަކުގެ ތަފުސީލު ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.

އުޅަނދުގެ ގާބިލުކަމާއި ތަފުސީލުތައް

ގާތްގަނޑަކަށް 100 މީޓަރުގެ މި އުޅަނދަކީ ޗައިނާގެ ސްޓޭޓް އޯޝަނިކް އެޑްމިނިސްޓްރޭޝަން (އެސްއޭއޯ) ގެ ފްލީޓަށް 2016 ގައި އިތުރުކުރި އުޅަނދެކެވެ. މިއީ މި ވަގުތު ޗައިނާގައި އޮތް 4،500 ޓަނުގެ ހަމައެކަނި އުޅަނދެވެ.

2019 އިން ފެށިގެން ޗައިނާގެ ޕައިލެޓް އޯޝެން ލެބޯރެޓަރީގެ "ޑިސްޓަންޓް ވޯޓާ" އަދި "ޑީޕް ސީ" ސާވޭ ކުރުމަށް ވެސް ޗައިނާއިން މި އުޅަނދު ބޭނުންކުރަމުންދެ އެވެ.

އެގޮތުން, ކަނޑުގެ ލޮނުގަނޑުގެ ދިރާސާތަކާއި، މައިކްރޯބިއަލް ޖެނެޓިކްގެ ދިރާސާތައް، ކަނޑު އަޑިން މައުދަން ހޯދުން، އަދި ކަނޑު އަޑީގެ ދިރުންތަކާއި ވެށީގެ ދިރާސާތަކަށް ވެސް މި އުޅަނދު ބޭނުންކުރެވޭނެ އެވެ.

އެގޮތުން, ކަނޑު އަޑީގައި ދުއްވޭ ގްލައިޑަރުތަކާއި ކަނޑުގެ އޮއެވަރާއި ރާޅު ބާނިތަކާއި ތިމާވެށީގެ މުހިންމު މައުލޫމާތުތައް ދެނެގަނެވޭނެ ޑޭޓާ ބޮއި އެ ބޯޓުގައި ހުންނާނެ އެވެ. މިއީ ވަގުތުން ވަގުތަށް ޗައިނާގެ އެއްގަމަށް ސެޓެލައިޓް މެދުވެރިކޮށް މައުލޫމާތު ފޯރުކޮށްދޭނެ ބޮއިތަކެކެވެ.

ކަނޑުގެ ދިރާސާތައް ޗައިނާއިން ކުރިއަށްގެންދާތީ ކަންބޮޑުވަނީ އެ ގައުމުން މަދަނީ ބޭނުމަށް ކުރާ ދިރާސާ އާއި އަސްކަރީ ދިރާސާތަކާ ދެމެދު އޮންނަ ތަފާތު ނޭނގޭތީ ކަމަށް ދިރާސާތަކުގެ މައްޗަށް ބިނާކޮށް އިސްތިރާޖީ ލަފާ އަރުވާ އެމެރިކާގެ އެންމެ ބޮޑު އެއް ތިންކް ޓޭންކް ކަމަށްވާ ސެންޓާ ފޯ ސްޓްރެޓެޖިކް އެންޑް އިންޓަނޭޝަނަލް ސްޓަޑީސް (ސީއެސްއައިއެސް) އިން ބުނެފައިވެ އެވެ.

މީގެ ތެރެއިން ގިނަ އަދަދެއްގެ އުޅަނދުތައް އޮޕަރޭޓް ކުރަމުންދަނީ ޗައިނާގެ އަސްކަރިއްޔާ އާ ގާތް ގުޅުމެއް އޮންނަ އެ ގައުމުގެ ސަރުކާރުގެ އިދާރާތަކުންނެވެ. މީގެ ތެރެއިން ބައެއް އުޅަނދުތަކަކީ މަދަނީ ބޭނުންތަކަށް ބޭނުންކުރަން ފެށުމުގެ ކުރިން ޗައިނާގެ އަސްކަރިއްޔާއިން ކުރިން ބޭނުންކުރި އުޅަނދުތަކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox