Advertisement

އިންޑޮނީޝިއާގެ ރިޔާސީ އިންތިހާބު ޕްރަބޯވޯ ކާމިޔާބު ކުރައްވައިފި

21 މާރިޗު 2024 - 08:24 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އިންޑޮނީޝިއާގެ އިންތިހާބު ކާމިޔާބުކުރެއްވި ޕްރަބޯވޯ ސުބިއަންޓޯ -- ފޮޓޯ: ރޮއިޓާސް


އިންޑޮނީޝިއާގެ ރިޔާސީ އިންތިހާބު ޕްރަބޯވޯ ކާމިޔާބު ކުރައްވައިފި

21 މާރިޗު 2024 - 08:24 0

އިންޑޮނީޝިއާގެ ރިޔާސީ އިންތިހާބު ކުރީގެ އާމީ ޖެނެރަލް ޕްރަބޯވޯ ސުބިއަންޓޯ ކާމިޔާބު ކުރެއްވިކަން އެ ގައުމުގެ ޖެނެރަލް އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފި އެވެ.

އިންޑޮނީޝިއާގައި ފެބްރުއަރީ 14، ގައި ބޭއްވި އިންތިހާބު ޕްރަބޯވޯ ކާމިޔާބު ކުރެއްވީ 59 ޕަސަންޓުގެ ވޯޓު ހޯއްދަވައިގެންނެވެ. އެއީ 96 މިލިއަނަށްވުރެ ގިނަ ވޯޓެވެ.

ޕްރަބޯވޯއާ އެންމެ ގާތުން ވާދަކުރެއްވި އިންޑޮނީޝިއާގެ ކުރީގެ ގަވަރުނަރު އަނީސް ބެސްވަޑާންއަށް ލިބިވަޑައިގެންނެވީ 25 ޕަސަންޓު ވޯޓެވެ. އެއީ 41 މިލިއަން ވޯޓެވެ.

މީގެއިތުރުން ތިންވަނައަށް ދިޔަ ގަންޖަރް ޕްރަނޯވޯއަށް 16 ޕަސަންޓު ވޯޓު ލިބިވަޑައިގެންނެވިއިރު، އެއީ 27 މިލިއަން ވޯޓެވެ.

އިންތިހާބާގެ ނަތީޖާ ބަލިވި ދެ ކެންޑިޑޭޓުން ބަލައިނުގަނެވެ، މައްސަލަ ކޯޓަށް ހުށަހެޅުމަށް ވަނީ ނިންމާފަ އެވެ.

އިންޑޮނީޝިއާގެ ރައީސްކަމުގެ ހުވާ އުމުރުން 72 އަހަރުގެ ޕްރަބޯވޯ ކުރައްވާނީ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.