Advertisement

ކާށިދޫގައި އެހެލާފައި އޮތް ދޯނިތަކުގައި ރޯކޮށްލީ ގަސްދުގައި ކަމަށް ބެލެވޭ

19 މާރިޗު 2024 - 11:34 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ކާށިދޫގައި އެހެލާފައި އޮތް ދޯނިތަކެއްގައި ރޯވުން -- ފޮޓޯ؛ އަދަދު


ކާށިދޫގައި އެހެލާފައި އޮތް ދޯނިތަކުގައި ރޯކޮށްލީ ގަސްދުގައި ކަމަށް ބެލެވޭ

19 މާރިޗު 2024 - 11:34 0

ކ. ކާށިދޫގައި އެހެލާފައި އޮތް ދެ ދޯންޏެއްގައި ރޭ ރޯކޮށްލީ ގަސްދުގައި ކަމަށް ބެލެވޭ ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.

ކާށިދޫ ކައުންސިލުގެ ރައީސް މުހައްމަދު އާމިރު "އަދަދު" އަށް ވިދާޅުވީ ރޯވެފައި ވަނީ އެހެލާފައި އޮތް ދެ ދޯންޏެއްގައި ކަމަށާއި، އަދި އެތަނުގައި އޮތް ކުޑަ ދޯންޏެއްގައި ވެސް ރޯވި ކަމަށެވެ.

ދޯނިތައް އިންޖީނެއް ވެސް ނެތި އެހެލާފައިވާތާ ގިނަ ދުވަސްތަކެއް ވެފައިވާކަން ފާހަގަކުރައްވާ މުހައްމަދު އާމިރު ވިދާޅުވީ، ދޯނިތަކުގައި ގަސްދުގައި ރޯކޮށްލީ ކަމަށް ބެލެވޭ ކަމަށެވެ.

ފުލުހުން ބުނީ، ކާށިދޫގައި އެހެލާފައި އޮތް ދެ ދޯންޏެއްގައި އަލިފާން ރޯވެފައިވާ ކަމުގެ ރިޕޯޓު ރޭ 12:35 ހާއިރު ލިބިފައިވާ ކަމަށާއި މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ވެފައި ނުވި ނަމަވެސް، ދެ ދޯނި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި ކަމަށް ފުލުހުން ބުނެ އެވެ.

ދޯނިތަކުގައި ރޯވުމާ ގުޅިގެން އަލިފާން ނިއްވުމަށް އެމްއެންޑީއެފްގެ ޓީމެއް ރޭ ވަނީ މާލެއިން ކާށިދޫއަށް ދަތުރުވެސް ކޮށްފަ އެވެ.