Advertisement

ބޮޑު އަޣުލަބިއްޔަތަކުން ޕުޓިން އިންތިހާބު ކާމިޔާބުކޮށްފި

18 މާރިޗު 2024 - 08:23 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރަޝިއާގެ އިންތިހާބު ޖެހިޖެހިގެން ފަސްވަނަ ފަހަރު ކާމިޔާބު ކުރެއްވި ލެޑިމިއަ ޕުޓިން -- ފޮޓޯ: ރޮއިޓާސް


ބޮޑު އަޣުލަބިއްޔަތަކުން ޕުޓިން އިންތިހާބު ކާމިޔާބުކޮށްފި

18 މާރިޗު 2024 - 08:23 0

ރަޝިއާގެ ރިޔާސީ އިންތިހާބު އެ ގައުމުގެ މިހާރުގެ ރައީސް ލެޑިމިއަ ޕުޓިން 87.8 ޕަސަންޓު ވޯޓާއެކު ކާމިޔާބުކޮށް، ކުރިޔަށް އޮތް ހަ އަހަރަށް ވެރިކަން ދިފާއު ކުރައްވައިފި އެވެ.

މިއީ ރަޝިއާގެ ވެރިކަމާ 1999 ވަނަ އަހަރު ހަވާލުވެވަޑައިގެންނެވި ޕުޓިން ރިޔާސީ އިންތިހާބު ޖެހިޖެހިގެން ކާމިޔާބު ކުރެއްވި ފަސް ވަނަ ފަހަރެވެ.

މި ނަތީޖާއާއެކު އުމުރުން 71 އަހަރުގެ ޕުޓިން ވެގެން ގޮސްފައި ވަނީ ރަޝިއާގެ ރިޔާސީ އިންތިހާބު އެންމެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ކުރެއްވި ފުރަތަމަ ރައީސްއަށެވެ.

ޕުޓިންއާ އެންމެ ގާތުން އިންތިހާބުގައި ވާދަކުރެއްވި ކޮމިއުނިސްޓުގެ ކެންޑިޑޭޓު ނިކޮލައި ހަރިޓޮނޮވްއަށް ލިބުނީ އެންމެ ހަތަރު ޕަސަންޓު ވޯޓެވެ.

އިންތިހާބުގެ ނަތީޖާ ސައްހަ ނޫން ކަމަށް އިދިކޮޅު ކެންޑިޑޭޓުން ބުނެފައި ވާއިރު، އެމެރިކާއިން ބުނީ އިދިކޮޅު ކެންޑިޑޭޓުންނަށް ވާދަކުރައްވަން ފުރުސަތު ނުދެއްވައި އިންތިހާބު ބޭއްވީ އިންސާފުވެރިކޮށް ނޫން ކަމަށެވެ.

އިންތިހާބުގެ ނަތީޖާއާ ގުޅިގެން ރަޝިއާގައި ސަރުކާރާ ދެކޮޅަށް ހިންގާ ހަރަކާތްތައް ވަނީ ވަރުގަދަ ކޮށްފަ އެވެ. އެގޮތުން ނަތީޖާ ސައްހަ ނޫން ކަމަށް ބުނެ މުޒާހަރާތައްވެސް އަންނަނީ ކުރަމުންނެވެ.

ރަޝިއާގެ އިންތިހާބުގައި ވޯޓުލުން ހުކުރު ދުވަހު ފަށާފައިވާއިރު، ތިން ދުވަހަށް ދެމިގެންދިޔަ މި އިންތިހާބުގެ ވޯޓުލުން ނިމިފައިވަނީ އިއްޔެ އެވެ.